ދިވެހިރާއްޖެ
އިޢްލާން
ހުރާ ކައުންސިލްގެ 03ވަނަ "ރަންތާޖް" ޤުރްޢާން މުބާރާތް 1447
މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުފެންވަރުގައި ބާއްވަމުން ގެންދާ 03 ވަނަ "ރަންތާޖު" ޤުރުއާން މުބާރާތުގެ ގަދަ 10 އަށް ހޮވޭ ބައިވެރިންނަށް އިނާމް ހުށައެޅުމުގެ ފުރުޞަތު އާންމުކޮށްވަނީ ހުޅުވާލެވިފައެވެ.
ވީމާ، އިނާމް ހުށައަޅުއްވަން ބޭނުންވެލައްވާނަމަ 11 މާރޗް 2026 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން މި ކައުންސިލް އިދާރާއަށް އިނާމް ހަވާލުކޮށްދެއްވުން އެދެމެވެ. އިނާމުގެ ގޮތުގައި ޢާއްމު ދިރިއުޅުމުގައި ބޭނުންކުރެވޭ ތަކެތި ނުވަތަ ފައިސާ ހުށައެޅުއްވުމުގެ ފުރުޞަތު އޮތް ވާހަކަވެސް ދެންނެވީމެވެ.
އިނާމް ހުށައެޅުމާއި އަދި މިކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 9913366 ނުވަތަ 9643585 އަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
