ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގެ ބަންޑާރަ ރުއްތަކާއި ބެހޭ

ގައްދޫގެ ބަންޑާރަ ރުއްތަކާއި ބެހޭ

ގދ. ގައްދޫގެ ހުސް ބިންތަކުގައި ހުރި ބަންޑާރަ ރުއްތަކަށް ބައްޔެއް ފެތުރެމުންދާތީ، 2026 ވަނަ އަހަރަށް ރުއްތައް އިޢުލާންކުރުން މަޑުޖައްސާފައިވާ ވާހަކަ ޢާންމު ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

އެހެންނަމަވެސް، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެގްރީމަންޓްތަކުގެ މުއްދަތު ހަމަވެފައިވާ އަދި ޑިސެމްބަރު މަހުގެ ނިޔަލަށް ކުލި ދައްކައި ފައިސާ ޚަލާސްކޮށްފައިވާ ފަރާތްތަކުން، ޖެނުއަރީ 2026 އިން ފެށިގެން ރުއްތައް އިޢުލާންކުރުމާއި ހަމައަށް ރުއްތައް ބޭނުންކުރުމަށް ބޭނުންފުޅުވާނަމަ، ޖެނުއަރީ 2026 އިން ފެށިގެން މަހުން މަހަށް ކުލި ދެއްކެވުމަށް ދެންނެވީމެވެ.

ކައުންސިލުން މިއަހަރުގެ ކުރިޔަށް އޮތް މުއްދަތުގައި ބަންޑާރަ ރުއްތައް ކުއްޔަށްދޭނަމަ، އެކަން ޢާންމުކޮށް އަންގާ އިޢުލާންކުރާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 މާރިޗު 2026
ހޯދާ