މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކިހާދޫގެ އިޖުތިމާއީ ސަރަހައްދުތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

ބ.ކިހާދޫގެ އިޖުތިމާއީ ސަރަހައްދުތަށް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 2026 މާރިޗް 23 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރިހަމަކޮށް މި އިދާރާގެ އީމެއިލް:[email protected] އަށް އީމެއިލް ކުރައްވާ ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހަޅުއްވާ ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ.

 

 މަޢުލޫމާތު ސާފުކުރުން:

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 2026 މާރިޗު 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި، މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ. 

މިމަސައްކަތާގުޅޭ މަސައްކަތުގެ ތަފްސީލް ކަރުދާސް އިޢުލާނާއެކު ބެހެއްޓިފައިވާނެއެވެ.

 

 

އަންދާސީ ހިސާބު ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 2026 މާރިޗް 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި، މުޙައްމަދު އަބޫބަކުރު ޕްރީސްކޫލްގައެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ [email protected]  އީމެއިލް އެޑްރެހަށެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2026
ހޯދާ