މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް:

 

މިކައުންސިލުން ރަށު ފެންވަރުގައި ބާއްވާ "ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތް 1447"  ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ހުރާގައި އެކުވެރިކަން އާލާ ކުރުމާއި ޒޯންތަކުގެ ވާދަވެރިކަން ފެތުރުމަށް މަސައްކަތްކުރުމެވެ.

މިމުބާރާތް ބޭއްވުމަށް މިކައުންސިލުން ނިންމާފައިވަނީ މުބާރާތް ބޭއްވުމުގެ ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާއްމުކޮށް އިޢުލާންކުރުމަށްފަހު، އެކަމަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އެކަމަށް އެންމެ ޤާބިލް ފަރާތެއް ހޯދުމަށްފަހު އެފަރާތަކާއި ޙަވާލުކޮށްގެ ކުރިއަށްދާ ގޮތަށެވެ. އެހެންކަމުން، ހުރާ ކައުންސިލްގެ 04 ވަނަ މަދަހަ މުބާރާތުގެ އިންތިޒާމްތަށް ހަމަޖެއްސެވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 މާރިޗު 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 11:45 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާނާއިގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. 

އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ

ފިތުރޯނުމަގު، ކ. ހުރާ

ފޯން : 6640074

އީމެއިލް: [email protected]

01 މާރިޗު 2026
ހޯދާ