ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަރަށް ހިމެނޭ ސަރަހައްދަށް 02 މާރިޗް 2026 ން ފެށިގެން ކުނިއެޅުން ހުއްޓާލުމާ ގުޅޭ
2026 މާރޗު 02 ވަނަ ދުވަހުން ފެށިގެން ކުނި އަޅަމުންދާނީ ކުނިއެޅުމަށް ހާއްސަ ކުރެވިފައިވާ ކުނިގޮނޑު، ވޭސްޓުމެނޭޖްމަންޓު ސެންޓަރަށެވެ. އެހެންކަމުން މިތާރީޚުން ފެށިގެން މިހާރު ކުނި އަޅަމުންދާ ސަރަހައްދަށް ( ކުރީގެ ކުޑަރަށު ސަރަޙައްދަށް) ކުނި ނޭޅޭނެ ކަމުގައި ދަންނަވަމެވެ. އަދި ޢާންމުން ކުނިގޮނޑަށް ކުނިއެޅުމުގައިވެސް ކުނި އުކާލުމާއި، ކުނި ނައްތާލުމާއި ބެހޭ އުސޫލު 2014/R-94 ގައިވާ ގޮތުގެ މަތިން ޢަމަލު ކުރެއްވުމަށް ދަންނަވަމެވެ.
މިކަމާ ގުޅޭގޮތުން އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކަކީ:
- ވޭސްޓު މެނޭޖްމަންޓު ސެންޓަރަށް ކުނި އެޅޭނެ ވަގުތު: ކުނި މެނޭޖްކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އާންމުންނަށް ކުނި އެޅުމަށް ވަކި ގަޑިތަކެއް ކަނޑައެޅިފައިވާނެއެވެ.
- ކުނީގެ ޚިދުމަތުގެ ފީ: ކުނީގެ އުސޫލުގައިވާ ގޮތުގެ މަތިން، ކައުންސިލަށް ދައްކަންޖެހޭ ފީ ދެއްކުމަށްފަހު ނޫނީ ކުނި ގޮނޑަށް ކުނި އުކާލުމަކީ ހުއްދަ ކަމެއް ނޫނެވެ.
- އުސޫލުތަކަށް ބޯލެނބުން: ކުނި އުކާލުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި، ކުނި ވަކިކުރުމުގެ އުސޫލުތަކަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
12 ރަމަޟާން 1447
01 މާރިޗް 2026
01 މާރިޗު 2026
ހޯދާ
