ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާބެހޭ

1 އަހަރުދުވަހުގެ މުއްދަތަށް 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު GS-72/IUL/2015/14ފ(29 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވީ އެންމެ ފަރާތަކުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އެކަމަށް އެދި އަލުން އިޢުލާން ކުރަމެވެ.

ވީމާ، 1 އަހަރުދުވަހުގެ މުއްދަތަށް (2016 ޖަނަވަރީ 1 ން 2016 ޑިސެންބަރު 31 ގެ ނިޔަލަށް) 3 ކޮޓަރި ނުވަތަ 2 ކޮޓަރީގެ ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

މި ތަނަކީ 3 ކޮޓަރި ނުވަަތަ 2 ކޮޓަރި (ކޮޓަރީގައި ފާޚާނާ ހުރި) ސިޓިންގރޫމާއި ބަދިގެއާއި އަދި ގެއަށް ބޭނުންވާ ފަރުނީޗަރާއި ކައްކާ ގޭސްއުނދުނާއި ހިފާގެންގުޅޭ އެންމެހާތަކެތި ހަމައަށްހުރި އެޕާޓްމަންޓެއް ނުވަތަ ގެއެއް ކަމުގައި ވާންޖެހޭނެއެވެ. އަދި ކަރަންޓާއި ބޯފެން ފަދަ ވަސީލަތްތައް ލިބެން ހުންނަންޖެހޭނެއެވެ.

މިފަދަ ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓައި އިއުލާން ކުރީމެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ