ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިން ފެށުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ގދ. ގައްދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤުރްއާން ކުލާސްތައް 01 މާރިޗު 2026 ވާ އާދީއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކުލާސްތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ.

 އެއީ:

  1. ހިފްޒު ކުރުމުގެ ކުލާސް
  2. ބަލައިގެން ކިޔެވުމުގެ ކުލާސް

ވީމާ، މި ކުލާސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުން، މި ކައުންސިލަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ކުލާސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 14:00 ގެ ކުރިން މި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 ފެބުރުވަރީ 2026
ހޯދާ