މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ވެލިދޫ ބިދޭސީންގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމާއި ގުޅޭ

          ނ. ވެލިދޫގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފްތަރު އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި 01 މާރިޗު 2026 ވާ އާދީއްތަ ދުވަހުން ފެށިގެން އަމިއްލަ ފަރުދުންގެ ވިޔަފާރިތަކާއި ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުގެ އިތުރުން އަމިއްލަ ފަރުދުންގެ ތެރެއިން އެކި ފަރާތްތަކުން ތަފާތު އެކި މަސައްކަތްތައް ކުރުމަށް ރަށަށް ގެނެވޭ ބިދޭސީ ފަރާތްތަކުގެ މަޢުލޫމާތާއި، ރަށުން ފޮނުވާލެވޭ ބިދޭސީ ފަރާތްތަކުގެ މަޢުލޫމާތު މިއިދާރާއާއި ލިޔުމުން ނުވަތަ މިއިދާރާގެ އީމެއިލް [email protected] ގެ ޒަރީއާއިން ރަސްމީކޮށް ހިއްސާކުރުމަށް ދަންނަވަމެވެ. މިގޮތުން ނެގޭ މަޢުލޫމާތުގެ ތެރޭގައި ބިދޭސީ ފަރާތުގެ ޕާސްޕޯޓް، ވާރކް ވިސާ އަދި ވާރކް ޕާމިޓްގެ މަޢުލޫމާތާއި އެފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯއެއް ހިމެނޭނެކަމުގައި ދަންނަވަމެވެ.  

          ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

26 ފެބުރުވަރީ 2026
ހޯދާ