ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއިބެހޭ
މޯލްޑިވްސް ޒަކާތު ހައުސްގެ ނަންބަރު: 496-B2/CIR/2026/1 (28 ޖަނަވަރީ 2026) ގެ ސާކިއުލަރ އާއި ގުޅޭ ގޮތުން ދަންނަވަމެވެ. 1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުންނެވެ. 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1447 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1447 ވަނަ ދުވަހުގެ ހެނދުނު 06:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. އަދި އޮންލައިން ޕްލެޓް ފޯމްތަކުގެ ކިއު އާރު ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 01 ރަމަޟާން 1447 ވަނަ ދުވަހު ކައުންސިލް ފޭސްބުކް ޕޭޖް އިން ޙިއްސާ ކުރެވިގެންދާނެއެވެ. ވީމާ، މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން އެކަނިކަމުގައި ދެންނެވީމެވެ.
|
# |
އިދާރާ / މުއައްސަސާ |
ޒަކާތް ދެއްކޭނެގޮތް |
|
|
1 |
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) |
ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް) |
އެސް.އެމް.އެސް |
|
2 |
އުރީދޫ |
އެމް ފައިސާ (އެޕްލިކޭޝަން) |
އެސް.އެމް.އެސް |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު |
ފައިސާ މޮބައިލް އެކްސް (އެޕްލިކޭޝަން) |
ފައިސާ ނެޓް |
|
4 |
ބޭންކް އޮފް މޯލްޑިވްސް |
ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) |
ވެބްސައިޓް |
|
5 |
ފަހިޕޭ |
ފަހިޕޭ (އެޕްލިކޭޝަން) |
ވެބްސައިޓް |
|
6 |
މިނިސްޓްރީ އޮފް ފިނޭންސް |
ބަނޑޭރިޕޭ |
ވެބްސައިޓް/ޕޯޓަލް |
|
7 |
އަވަސް އެޕް |
އަވަސް އެޕް (އެޕްލިކޭޝަން) |
- |
"ފަހިޕޭ" އާއި "ބަނޑޭރިޕޭ" މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު
|
އާދައިގެ ހަނޑޫ |
ތައިލެންޑް ހުދު ހަނޑޫ |
ރަތް ހަނޑޫ |
ބާސްމަތީ ހަނޑޫ (އާދައިގެ) |
ބާސްމަތީ ހަނޑޫ (މޮޅު) |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
އާދައިގެ ފުށް |
އާޓާ ފުށް |
|
-/12ރ |
-/53ރ |
-/96ރ |
-/77ރ |
-/109ރ |
-/136ރ |
-/10ރ |
-/75ރ |
ވީމާ،މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
