ދިވެހިރާއްޖެ
އިޢުލާނު
ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2026 އާ ގުޅޭ
ތައިލޭންޑްގެ ޕްރިންސަސް، ޕްރިންސަސް ސްރީނަގަރިންދްރާގެ އުފަންދުވަހާއި ގުޅުވައިގެން ތަޢާރަފުކޮށްފައިވާ [ޕްރިންސަސް ސްރީނަގަރިންދްރާ އެވޯޑް 2026] އަށް ކުރިމަތިލުމުގެ ފުރުސަތުވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މި އެވޯޑަކީ ނަރުހުންނާއި ފޫޅުމައިންނަށް އަމާޒުކޮށްގެން މިދާއިރާގައި އިޖުތިމާޢީ ކުރިއެރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށް ދެވޭ އެވޯޑެކެވެ.
ވީމާ، މި އެވޯޑަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮމިނޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، 14 މެއި 2026 (ބުރާސްފަތި) ދުވަހުގެ 12:00ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތުގެ ޕޮލިސީ އިމްޕްލިމެންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަނަށް އެޑްރެސްކޮށް، ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި މި ޑިވިޜަންގެ އީމެއިލް ([email protected]) މެދުވެރިކޮށް ވެސް ފޯމު ހުށަހެޅިދާނެއެވެ.
މިއެވޯޑާއި ގުޅޭ އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ، މިއެވޯޑަށް ޚާއްޞަކުރެވިފައިވާ ވެބްސައިޓް އިން ލިބޭނެއެވެ. (http://www.princess-srinagarindraaward.org/) އަދި މި މިނިސްޓްރީގެ ޕޮލިސީ އިމްޕްލިމަންޓޭޝަން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް ޑިވިޜަންގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިއުލާނު ކުރީމެވެ.
