ދިވެހިރާއްޖެ
ހދ. ކުރިނބީ ރައްޔިތު 61 ރުއް 1 އަހަރު ދުވަހުގެ މުއްދަތަށް ވަރުވާއަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ރުއްތައް ވަރުވާއަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
އަންދާސީހިސާބު ހުށަހެޅުއްވުން ތަން: ހދ. ކުރިނބީ ކައުންސިލްގެ އިދާރާގައި ތާރީޚް: 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 11:00 |
އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ކަރުދާހާއި އަގުހުށަހަޅާ ޝީޓް މި އިޢުލާނާއިއެކު އާންމުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
