މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސޮފްޓްވެއަރ އިންޖިނިއަރ - މިނިސްޓްރީ އޮފް ހެލްތު

އިޢުލާން

މި މިނިސްޓްރީގެ ނަމްބަރު (IUL)23-HRD(LR)/23/2025/402 އިޢުލާނަށް އެއްވެސް ފަރާތެއް ހަމަޖެހިފައި ނުވާތީ،

އަލުން މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި

މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ސޮފްޓްވެއަރ އިންޖިނިއަރ

މަޤާމުގެ ނަންބަރު

J-433143

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 8 (ސްޓެޕް 1)

ޑިވިޝަން/ ސެކްޝަން

އިންފޮމޭޝަން ޓެކޮނޮލީ ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތު/ސޮފްޓްވެއަރ ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ސެކްޝަން/ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ޔުނިޓް

މުސާރަ

-/17،980 ރުފިޔާ

މަޤާމް އެލަވަންސް

-/8،390 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/225
  3. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް ( 01 ނޮވެމްބަރ 2025 އެއްގޮތަށް ) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޞިއްޙީ ވުޒާރާގައި ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންތަކަށް ދިމާވާ މައްސަލަތައް ބަލާ ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުން.
  2. ޞިއްޙީ ވުޒާރާގައި ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންތަކާއި ޑޭޓާބޭސްތަކަށް ޑޭޓާ އެޅުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށްޓަކައި ގުޅުން ހުރި ޑިޕާޓްމަންޓް/ޑިވިޜަންތަކަށް ސަޕޯޓް ދިނުން.
  3. ޞިއްޙީ ވުޒާރާގެ މަސައްކަތްތައް ޒަމާނީ ކުރުމަށްޓަކައި ހަދަންޖެހޭ ޕޯޓަލްތަކާއި އެޕްލިކޭޝަންތައް ތައްޔާރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިޔަށް ގެންދިޔުން.
  4. ވުޒާރާގެ ސިޔާސަތުތަކާއި، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލު ތަކާއި ގުޅިގެން ގުޅުންހުރި ޕޯޓަލްތަކަށް/އެޕްލިކޭޝަންތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ގުޅުން ހުރި ފަރާތްތަކާއި އެކުގައި މަސައްކަތް ކުރުން.
  5. ޞިއްހީ ވުޒާރާއާއި، ވުޒާރާގެ ދަށުން ހިނގަމުންއަންނަ ޑިޕާޓްމަންޓް ތަކުގެ ވެބްސައިޓުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވެބްސައިޓް އަދާހަމަކުރުމަށް ގުޅުންހުރި މުވައްޒަފުން ތަމްރީނު ކުރުން.
  6. ޞިއްޙީ ވުޒާރާގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ އެޕްލިކޭޝަންތަކާއި ޕޯޓަލްތަކުގެ ސޯސްކޯޑް ވާޝަން ކޮންޓްރޯލްކޮށް ބެލެހެއްޓުން.
  7. ޞިއްޙީ ވުޒާރާގެ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ އެޕްލިކޭޝަންތަކާއި އެކުގައި ތައްޔާރުކުރެވޭ ޓެކްނިކަލް ޑޮކިއުމަންޓޭޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބެލެހެއްޓުން.
  8. ޞިއްޙީ ވުޒާރާގައި ބޭނުންކުރާ އެޕްލިކޭޝަންތަކަށް ބޭނުންވާ އޭޕީއައި އިންޓަފޭސްތައް ތައްޔާރުކުރުމާއި ޑޮކިއުމަންޓް ކުރުން.
  9. އެޕްލިކޭޝަންތައް އެހެން އިދާރާތަކުގެ ސިސްޓަމްތަކާއި އިންޓަގްރޭޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ކުރިޔަށް ގެންދިޔުން.
  10. ވުޒާރާގެ މަސައްކަތަތްތައް ޒާމާނީ ކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ސޮލިއުޝަންތަކުގެ ރިކުއާމަންޓް ތައްޔާރު ކުރުމުގައި އެހީތެރި ވުމާއި އަމަލީގޮތުން ބައިވެރިވުން.
  11. ޞިއްޙީ ވުޒާރާގައި ބޭނުންކުރާ އެޕްލިކޭޝަން ޑިވެލޮޕްމަންޓް ސްޓޭންޑާޑްތައް ތައްޔާރު ކުރެވިފައިވަނީ ސަރުކާރުގެ ގުޅުންހުރި އިދާރާތަކުން ޝާއިރުކޮށްފައިވާ މިންގަނޑުތަކާއި، ބެސްޓް ޕްރެކްޓިސް މިންގަނޑު ތަކާއި އެއްގޮތަށްތޯ ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  12. ޞިއްޙީ ވުޒާރާގެ ދަށުން ހިނގަމުން އަންނަ އިދާރާތަކުގެ މައުލޫމާތުތަކާއި، މުވައްޒަފުންގެ މައުލޫމާތުތަކާއި، ވުޒާރާއިން ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންތަކުގެ މައުލޫމާތު ބެލެހެއްޓުމަށް ބޭނުންވާ ޑޭޓާބޭސް ތައްޔާރު ކުރުމާއި މިމައުލޫމާތު އެހެން އެޕްލިކޭޝަންތަކާއި ހިއްސާކުރުމަށް ބޭނުންވާ އޭ.ޕީ.އައި އިންޓަފޭސްތައް ތައްޔާރުކުރުން.
  13. ޞިއްޙީ ވުޒާރާއިން ބޭނުންކުރަމުން އަންނަ އެޕްލިކޭޝަންތަކުގެ ޑޭޓާ ބެކަޕް ނެގުމަށް އެހީތެރިވުމާއި، މިމަސައްކަތް ގުޅުންހުރި މުވައްޒަފުންނާއި އެކުގައި ކުރިޔަށް ގެންދިޔުން.
  14. އެޕްލިކޭޝަންތަކާއި ޕޯޓަލްތައް ޑިޕްލޯއީ ކޮށް ހޮސްޓް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  15. ސިއްޙީ އިމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުތުތައް

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  2. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ          އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް:

  1. އޭ.އައި އެންޑް މެޝިން ލަރނިންގ  
  2. އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސް  
  3. އެޕްލައިޑް ޑޭޓާ ސައިންސް އެންޑް ސައިބަރ ސެކިއުރިޓީ  
  4. އާޓިފިޝަލް އިންޓަލިޖެންސް  
  5. އާޓިފިޝަލް އިންޓަލިޖެންސް އެންޑް ރޮބޮޓިކްސް  
  6. އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސަސްޓެއިނަބަލް ޓެކްނޮލޮޖީސް  
  7. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ  
  8. ކޮމްޕިއުޓަރ އެންޑް އިންފޮމޭޝަން ސެކިއުރިޓީ އޮޑިޓިންގ  
  9. ކޮމްޕިއުޓަރ އިންޖިނިއަރިންގ ޓެކްނޮލޮޖީ  
  10. ކޮމްޕިއުޓަރ ސައިންސް  
  11. ކްރިއޭޓިވް ޓެކްނޮލޮޖީ އެންޑް އާޓިފިޝަލް އިންޓެލިޖެންސް.  
  12. ސައިބަރ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ  
  13. ސައިބަރ ސެކިއުރިޓީ  
  14. ސައިބަރ ސެކިއުރިޓީ އެނަލިސިސް  
  15. ސައިބަރ ސެކިއުރިޓީ އެންޑް ޑޭޓާ ގަވަރނަންސް  
  16. ސައިބަރ ސެކިއުރިޓީ އެންޑް ފޮރެންސިކްސް  
  17. ސައިބަރ ސެކިއުރިޓީ އެންޑް ތްރެޓް އިންޓަލިޖަންސް  
  18. ޑިޖިޓަލް ފޮރެންސިކްސް  
  19. ޑިޖިޓަލް މީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  20. އިންފޮމޭޝަން ސެކިއުރިޓީ އިންޖިނިއަރިންގ  
  21. އިންފޮމޭޝަން ޓެކްނޮލޮޖީ  
  22. މަލްޓިމީޑިއާ އެންޑް އިންފޮމޭޝަން ރިސޯސް ޑިޒައިން  
  23. މަލްޓިމީޑިއާ މެނޭޖްމަންޓް އެންޑް ވެބްމާސްޓަރ  
  24. ސޮފްޓްވެއަރ އިންޖިނިއަރިންގ 

ގުޅޭ ވަޒީފާގެ ދާއިރާ

  • އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޯލޮޖީއާ ގުޅުންހުރި ފަންނީ މަސައްކަތްތައްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

   6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 02 މާރިޗް 2026 ވަނަ ދުވަހުގެ 12:30 ގެ ކުރިން [email protected] އަށެވެ.    

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު ،އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2026 މާރިޗް/ އެޕްރީލް މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު، ޕްރެޒެންޓޭޝަން އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3014408،30144093014404, ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

24 ފެބުރުވަރީ 2026
ހޯދާ