އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާ ބެހޭ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ސާކިއުލަރ ނަންބަރު: B2/CIR/2026/1-496 އާއި އެއްގޮތަށް މޯލްޑިވްސް ޒަކާތު ހައުސްއިން އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމުތަކުން ކަމުގައި ދަންނަވަމެވެ. މިގޮތުން އޮންލައިންކޮށް ޒަކާތް ބަލައިގަންނަ ޕްލެޓްފޯމުތައް ތިރީގައި މިވަނީއެވެ.
- ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)
- އޫރީދޫ
- މޯލްޑިވްސް އިސްލާމިކް ބޭންކް
- ބޭންކް އޮފް މޯލްޑިވްސް
- ފަހި ޕޭ
- އަވަސް އެޕް
- ބަނޑޭރި ޕޭ
އެހެންކަމުން މިއިދާރާއިން ނަގުތު ފައިސާއިން ނުވަތަ މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން މިއަހަރު ފިޠުރު ޒަކާތް ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމުތަކުން ފައިސާ ދެއްކުމުގައި ތިޔަ އެންމެހައި ފަރާތްތަކަށް މިއިދާރާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
24 ފެބުރުވަރީ 2026
ހޯދާ
