ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް)

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، މި ކޯޕަރޭޝަންގެ ޕްރޮޖެކްޓް އިމްޕްލިމަންޓޭޝަން ޑިޕާޓްމަންޓްގެ ޕްރޮޖެކްޓް އޮފިސަރ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ވަޒީފާއާއި ގުޅޭ އިތުރު ތަފްސީލު  މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

-  މި ވަޒީފާތަކަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، 24 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

-  ވަޒީފާއަށް އެދޭ ފޯމު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ.

-  މި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

-  މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ. އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

- މި މަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ.

- މި މަޤާމުތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ / މާރޗް މަހުގެ ތާރީޚެއްގައެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ، ރަސްމީ ދުވަސްތަކުގައި 9:00 ން 14:00 އާ ދެމެދު މިކުންފުނީގެ ފޯން ނަންބަރު 3339060 އަށް ގުޅުއްވުން އެދެމެވެ.

 

 

22 ފެބުރުވަރީ 2026
ހޯދާ