ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފިޒިކަލް އެކްސެސްބިލިޓީއާއި ގުޅިގެން ސްކޫލްގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެފަރާތެއް ހޯދުން.
- ފިޒިކަލް އެކްސެސްބިލިޓީއާއިގުޅިގެން ސްކޫލްގައި ކުރަންޖެހޭ މަރާމާތުތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތްތައް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 2026ފެބްރުއަރީ22ން 2026ފެބްރުއަރީ26ށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
"ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.gle/uDbtUKpo7EZjVV4X7
- މިޕްރޮކިއުމަންޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 26ފެބްރުއަރީ2026 ވަނަ ދުވަހުގެ13:00ކުރިން މިސްކޫލްގެ [email protected] އީމެއިލް އެޑްރެހަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2026މާރޗް02ވާ ހޯމަ ދުވަހުގެ 13:00 ގައިދުވާފަރު ޕްރައިމަރީ ސްކޫލް އޮފީހުގައެވެ.
- މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއިއެކު އާއްމުކުރެވިފައި ވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާ ބިޑްޑޮކިއުމެންޓްގައި ހިމަނާފައިވާނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން މަސައްކަތް ކުރަންޖެހޭ ތަނާއި މަސައްކަތްތައް 22ފެބްރުއަރީ2026 އިން ފެށިގެން 26ފެބްރުއަރީ2026ގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވާކޮންމެ ދުވަހެއްގެވެސް މެންދުރު12:00އިން 01:00އާ ދެމެދު މިސްކޫލަށް ވަޑައިގެން ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ.
- މިޕްރޮކިއުމަންޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ދުވާފަރު ޕްރައިމަރީ ސްކޫލް
ރ.ދުވާފަރު، ދިވެހިރާއްޖެ.
ފޯން: 6584595 / 7993055
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
05ރަމަޟާން1447
22ފެބްރުއަރީ2026
22 ފެބުރުވަރީ 2026
ހޯދާ
