މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތްބަލައިގަތުމާ ގުޅޭ

އިޢުލާން

1447  ވަނަ އަހަރުގެ ފިޠުރު ޒަކާތްބަލައިގަތުމާ ގުޅޭ :

1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ޒަކާތު ހައުސްގެ ސާކިއުލަރ: 496-B2/CIR/2026/1 ނަންބަރާއި އެއްގޮތަށް މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި  އާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުންނެވެ.

ވީމާ، ނަގުދު ފައިސާއިންނާއި މި އިދާރާގެ އެކައުންޓަށް ޖަމާކޮށްގެން މިއަހަރުގެ ފިތުރު ޒަކާތް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި، މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަޑައަޅާފައިވާ ތިރީގައި މި ދަންނަވާ އޮންލައިން ޕްލެޓްފޯމްތަކުން އެކަނި  ކަމުގައިވެސް ދަންނަވަމެވެ.

#

         އިދާރާ / ޕްލެޓްފޯމް

       ބަލައިގަންނަ ސުންގަޑި

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން1447 ގެ ހެނދުނު 6:00

2

އުރީދޫ

28 ރަމަޟާން1447 ގެ ހެނދުނު 6:00

3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

28 ރަމަޟާން1447 ގެ ހެނދުނު 6:00

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް. އެލް)

28 ރަމަޟާން1447 ގެ ހެނދުނު 6:00

5

ފަހި ޕޭ

ރަމަޟާން މަހުގެ  ފަހުދުވަހުގެ  އިރުއޮއްސި 18:00

6

އަވަސް އެޕް

ރަމަޟާން މަހުގެ  ފަހުދުވަހުގެ  އިރުއޮއްސި 18:00

7

ބަނޑޭރި ޕޭ

ރަމަޟާން މަހުގެ  ފަހުދުވަހުގެ  އިރުއޮއްސި 18:00

22 ފެބުރުވަރީ 2026
ހޯދާ