ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާން މަހު ގޭބީސީ ތަކުގައި އުފެދޭ ކުނިވާ ޒާތުގެ ކުނި (ބަދިގެ ޑަސްބިން) އުކާލުމާއި ގުޅޭ
ރަމަޟާން މަހު ގޭބިސީ ތަކުގައި އުފެދޭ ކުނިވާޒާތުގެ ކުނި (ބަދިގެ ޑަސްބިން) މިއިދާރާއިން ކުނި އުކާލުމުގެ ހިދުމަތް ދޭ ފަހުން އުކާލަން ބޭނުންވެއްޖެނަމަ، ބަދިގެ ޑަސްބިން އުކާލުމަށް ކުނިކޮށި ބޭރުގައި ޑަސްބިން ބެހެއްޓިފައި ހުންނާނެ ވާހަކަ އެންމެހައި ރައްޔިތުންގެ މައުލޫމާތައްޓަކައި ދެންނެވީމެވެ.
މިހެންމިދެންދެވީ މިހާރަކަށް އައިސް ބަދިގެ ޑަސްބިން ކުނިކޮށިނޫން އެހެނިހެން ތަންތަނަށް އުކާކަން ފާހަގަވެފައިވާތީއެވެ. ވީމާ ބަދިގެ ޑަސްބިން މަތީގައި ދެންނެވިފައިވާގޮތަށް ކުނިކޮށި ކައިރީ ބެހެއްޓިފައިވާ ޑަސްބިން ނޫން އެހެން ތަންތަނަށް އެޅުމަކީ މަނާކަމެއްކަމުގައި ދެންނެވީމެވެ.
މިފަދަކަންކަމަކީ ރަށުގެ ސާފުތާހިރުކަމާ ގުޅުންހުރި ކަންކަމަށްވާތީ، ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.
22 ފެބުރުވަރީ 2026
ހޯދާ
