މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓް ކުރާ ކޮމިޓީއަށް މެންބަރުން ހޯދުން.

ށ. ނަރުދޫން ބަންޑާރަ ގޯތިދޫކުރުމަށްޓަކައި މިއިދާރާގެ ނަންބަރު: (OTHR)278/278/2025/6 އުޞޫލުގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ގޯއްޗަށް އެދި ހުށަހަޅާ ފޯމްތައް އިވެލުއޭޓް ކުރުމާއި، އެކަމާގުޅޭގޮތުން އުޞޫލުގައި ބަޔާންކޮށްފައިވާ އެންމެހައި ކަންކަން ކުރުމަށްޓަކައި 11 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށާއި، އެކޮމިޓީ އެކުލާވާލުމުގައި ރަށުގެ ރައްޔިތުންގެ ތެރެއިން 2 މެންބަރުން ހިމަނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މި ކޮމިޓީގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 11:30 ގެ ކުރި މި އިދާރާއަށް ލިޔުމަކުން ތިރީގައިވާ އީމެއިލަށް މެއިލްކޮށްގެން ނުވަތަ މި އިދާރާއަށް ހުށަހެޅުވުމަށް ދެންނެވީމެވެ.

 

            ވީމާ، މިކަން  އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

19 ފެބުރުވަރީ 2026
ހޯދާ