މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

 

މޯލްޑިވްސް ޒަކާތު ހައުސްގެ ސަރކިއުލަރ ނަންބަރ 496-B2/CIR/2026/1 އާއި ޙަވާލާދީ ދަންނަވަމެވެ. 1447 ވަނަ އަހަރުގެ ރަމާޟާންމަހު ފިޠުރުޒަކާތް ބަލައިގަތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ  މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.

އަދި އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތްދެއްކުމަށް ދަތިވާ ފަރާތްތަކަށް، ރަމަޟާންމަހުގެ 5 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 13:00 އަށް ނަޤުދު ފައިސާއިން އަދި ގޮވާމުން ޒަކާތް ބަލައި ގަތުން ކައުންސިލް އިދާރާގައި ގައި ކުރިޔަށްދާނެއެވެ.

އަދި ދަންނަވަމެވެ. 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ އެއްވެސް ފައިސާއެއް، ޓްރާންސްފާގެ ގޮތުގައި މި އިދާރާއަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

ލިންކްތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން - ހެނދުނު 06:00

https://onelink.to/qecgk8

2

އުރީދޫ މޯލްޑިވްސް

28 ރަމަޟާން - ހެނދުނު 06:00

https://www.ooredoo.mv/webapps/zakaath/public//

3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

28 ރަމަޟާން - ހެނދުނު 06:00

https://faisanet.mib.com.mv/charity/pay?rt=Fitr%20Zakat&campaignId=1

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

28 ރަމަޟާން - ހެނދުނު 06:00

https://zakaaiy.bankofmaldives.com.mv/

 

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

https://fahipay.mv/zakat/

6

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

https://avs.ad/jL79SoU

7

ބަނޑޭރިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

https://bp.finance.gov.mv

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53.00 ރުފިޔާ

3

ރަތް ހަނޑޫ

96.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136.00 ރުފިޔާ

7

އާދައިގެ ފުށް

10.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

04 ރަމަޟާން 1447

21 ފެބުރުވަރީ 2026
ހޯދާ