ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން
ޤާނޫނު ނަންބަރ 2010/07 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ބާއްވަންޖެހޭ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން 27 ފެބުރުވަރީ 2026 ވާ ހުކުރު ދުވަހުގެ ރޭ 21:30 ގައި ، މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގައި 2025 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހިއްސާކުރުމާއިއެކު، 2026 ވަނަ އަހަރުގެ މަސައްކަތް ތާވަލަށް ރައްޔިތުންގެ ޙިޔާލު ހޯދެވޭނެވެ.
އެހެންކަމުން، ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ މިކައުންސިލްގެ އެދުމެކެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
20 ފެބުރުވަރީ 2026
ހޯދާ
