މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް ނަންބަރ:

J-439483

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރިސް ރޭންކް 5 – ހަރުފަތް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓަރ ސެކްރެޓޭރިއޭޓް ސެކްޝަން، މީޑިއާ ޔުނިޓް / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

އަސާސީ މުސާރަ:

މަހަކު -/9495 ރުފިޔާ، (ނުވަހާސް ހަތަރުސަތޭކަ ފަސް ރުފިޔާ)

މަޤާމުގެ އެލަވަންސް:

މަހަކު -/2850 ރުފިޔާ، (ދެހާސް އަށްސަތޭކަ ފަންސާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

  1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/75 ރުފިޔާ، (ހަތްދިހަ ފަސް ރުފިޔާ)
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ
  3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދު ފުރިހަމައަށް ތަންފީޒުކޮށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ ދަށުން، މަޢުލޫމާތު ހޯދުމަށް އެދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ނިންމަންޖެހޭ ނިންމުންތައް ޕަރމަނަންޓް ސެކްރެޓަރީގެ އިރުޝާދާއެއްގޮތަށް ނިންމުން.
  2. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ ނަތީޖާ އެންމެ ފުރިހަމަގޮތުގައި ނެރެދިނުމަށްޓަކައި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެހެން މުވައްޒަފުންގެ އެހީތެރިކަމަށް އެދުން.
  3. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ގަވާއިދުގެ ނަތީޖާ އެންމެ ފުރިހަމަގޮތުގައި ނެރެދިނުމަށްޓަކައި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އެހެން މުވައްޒަފުންގެ އެހީތެރިކަމަށް އެދުން.
  4. މިނިސްޓަރ ކަނޑައަޅުއްވާ ޕޮލިސީސްތަކާއި، ސީނިއަރ މެނޭޖްމަންޓް ޓީމު ބައްދަލުވުމުގައި ނިންމަވާ ނިންމެވުންތަކާއި، ކައުންސިލް އިދާރާތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ނިންމުންތައް ތަންފީޒު ކުރުމަށްޓަކައި ގުޅުންހުރި ސެކްޝަންތަކަށް އަންގަންޖެހޭ އެންގުންތައް، އެންގުމާއި އެކަންކަން ކުރިޔަށްދާގޮތުގެ އަޕްޑޭޓްސް ހޯދާ މިނިސްޓަރަށް އަދި ޕަރމަނަންޓް ސެކްރެޓަރީއަށް ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. އިސްލާމީ އެކި ގައުމުތަކުން އިސްލާމީކް މިނިސްޓްރީ މެދުވެރިކޮށް ކުރަންބޭނުންވާ ކަންތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން ކޮންމެ 3 ފަހަރަކުން އެއްފަހަރު އިސްވެ ޙަރަކާތްތެރިވުން
  6. މިނިސްޓަރ / ޕީ.އެސް ރާއްޖެއިންބޭރަށް ކުރައްވާ ދަތުރުފުޅު ތަކުގެ އެންމެހާ އިންތިޒާމުތަކެއް ހަމަޖެއްސުމާއި ދަތުރުފުޅު ނިމުމުން ދަތުރު ރިޕޯޓު ތައްޔާރުކުރައްވައި ބަޖެޓަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  7. ރާއްޖޭންބޭރުން ވަޑައިގަންނަވާ ބޭރުގެ އެންމެހާ ޑެލިގޭޝަންތަކަށް މެހުމާންދާރީ އަދާކުރުމާއި އެބޭފުޅުންނާގުޅޭގޮތުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  8. މިނިސްޓަރ ސެކްރެޓޭރިއޭޓުން ނިންމަންޖެހޭ ކަންތައްތަކާއި ނިންމަވާ ކަންތައްތަކުގެ ތެރޭގައި ގާނޫނީ ގޮތުން ބަލަންޖެހޭ އެއްވެސް ކަމެއްވާނަމަ، ލީގަލް ޔުނިޓުގެ އެހީތެރިކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  9. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ޑްރާފްޓްތައް ހެދުމާއި އުޞޫލުތައް ހެދުމާއި ނިންމާ ނިންމުންތައް ތަންފީޒު ކުރުމާއި މިހުރިހާ ކަންތައްތަކެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ޖެމްސުން އިސްލާމިކް މިނިސްޓްރީއަށް ލިބޭ އެންމެހާ ލިޔުންތަކަށް ޖަވާބުދާރީ ވެވެމުންދޭތޯ ބެލުމުގޮތުން ކޯޕަރޭޓް ޑިވިޝަނަށް ލިބޭ މެއިލްތައް ބަލައި، ލަސްވާ ކަންތައްތައް އަވަސްކުރުވުމަށް މަސައްކަތްކުރުން.
  11. މިނިސްޓްރީގެ ހުރިހާ ސެކްޝަން / ޔުނިޓްތަކުން މަޢުލޫމާތު ހޯދާ، މިނިސްޓްރީގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.
  12. އެކްޓިވިޓީ ކަލެންޑަރ ތަންފީޒްކުރެވެމުންދާ މިންވަރު ބަލާ ކޮންމެ ހަފްތާއަކު އެއްފަހަރު އަޕްޑޭޓްކޮށް ބެލެހެއްޓުން
  13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  1. އެޑްމިނިސްޓްރޭޝަން  
  2. ބިޒްނަސް  
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން  
  4. ބިޒްނަސް އެންޑް އޮފީސް އެޑްމިނިސްޓްރޭޝަން  
  5. ބިޒްނަސް މެނޭޖްމަންޓް  
  6. މެނޭޖްމަންޓް  
  7. ޕަބްލިކް އެޑްމިނިސްޓްރޭޝަން  
  8. ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް  
  9. ޕަބްލިކް މެނޭޖްމަންޓް 

ގުޅޭ ވަޒީފާގެ ދާއިރާ:

  1. އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ފެބްރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި އިމްތިހާނުއަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާނު އޮންނާނީ، 2026 މާރިޗް 1 އާއި 2026 މާރިޗް  31 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020254 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

20 ފެބުރުވަރީ 2026
ހޯދާ