މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، 1447 ރަމަޟާން 01 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. އެހެންކަމުން، 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތުގެ އެއްވެސް ފައިސާއެއް، ނަޤުދު ފައިސާގެ ގޮތުގައި ނުވަތަ ޓްރާންސްފާގެ ގޮތުގައި މި އިދާރާއަށް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވެމެވެ.

 އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ދެއްކެވުމަށް އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:30 – 12:30 އާއި ދެމެދު ކައުންސިލް އިދާރާއަށް ދުރުވުމުން އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަގަ ދަންނަވަމެވެ.

ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ އޮންލައިން ޕްލެޓްފޯމްތައް:

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

2

އުރީދޫ

28 ރަމަޟާން 1447 ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

އަވަސް އެޕް

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

7

ބަނޑޭރިޕޭ

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

 މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 ފެބުރުވަރީ 2026
ހޯދާ