މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާ ގުޅޭ

އިޢުލާން

 

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމާ ގުޅޭ

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ރައްޔިތުންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން، ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހުގެ ތެރޭގައި ބާއްވަންޖެހޭ ބައްދަލުވުން 2026 ފެބުރުއަރީ 27 ވާ ހުކުރު ދުވަހުގެ ރޭ 10:00ގައި އަލިފުށީ ޕްރީސްކޫލުގައި އޮންނާނެއެވެ.

މި ބައްދަލުވުމުގައި 2025 ވަނަ އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްސީލް ރިޕޯޓާއި މާލީ ރިޕޯޓް އަދި 2026 ވަނަ އަހަރަށް ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓް ހުށަހެޅުން އޮންނާނެއެވެ.  

ވީމާ، ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ދަންނަވަމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

02 ރަމަޟާން 1447

19 ފެބުރުވަރީ 2026
ހޯދާ