މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސްޕްރިންޓެންޑެންޓް – އެއަރޕޯރޓް ޕޯސްޓްޝޮޕް

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ސްޕްރިންޓެންޑެންޓް – އެއަރޕޯރޓް ޕޯސްޓްޝޮޕް 

ބޭނުންވާ އަދަދު:   

1 ( އެކެއް )  

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/10,000 ރުފިޔާ (ދިހަ ހާސް ރުފިޔާ)  
  2. ސަރވިސް އެލަވަންސް: މަހަކު -/4,500ރުފިޔާ (ހަތަރުހާސް ފަސްސަތޭކަ ރުފިޔާ) 
  3.  ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ (ސަތޭކަ ވިހި ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

އޮފީސް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް  

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ބިޒްނަސް ދާއިރާއިން  ލެވެލް 7 ގެ ފާހެއް އޮތުން ނުވަތަ ބެޗްލާސް ޑިގްރީ ލިބިފައިވުން 
  • މަސައްކަތު ތަޖްރިބާ ލިބިފައިވާ ފަރާތަކަށްވުން 

މަޤާމުގެ މަސްޢޫލިއްޔަތު

  • އެއަރޕޯރޓް ޕޯސްޓްޝޮޕުން ފޯރުކޮށްދޭ  ޚިދުމަތްތަކާއި ވިޔަފާރި އާ ގުޅޭގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  •  ޚިދުމްތަތްތަކާއި ވިޔަފާރި ހަރުދަނާކުރުމާއި  ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ވަޒިފާގެ މަސައްކަތު ދާއިރާއަށް ބޭނުންވާ މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރު
  • ޕްލޭން ކުރުމާއި ރާވައި ހިންގުމުގެ ޤާބިލުކަން
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން  
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން. 
  • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން 
  • ވިސްނުންތެރިކަމާއެކު ބުރަކޮށް މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން 
  • ޓާގެޓް ޙާޞިލްކުރުމަށްޓަކައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން  
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން
  • ކުރެވޭ އިންޓަރވިއު އިން ފާސްވުން.

ރަސްމީ މަސައްކަތު ގަޑި:

  • ޑިއުޓީ އުޞޫލުން 8 ގަޑިއިރު

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ  13:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  އަދި ޕޯސްޓް ބިލްޑިންގގެ 04 ވަނަ ފަންގިފިލާއިން ފޯމު ލިބެން ހުންނާނެއެވެ.

https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ  3315555/7924894  ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

19 ފެބްރުއަރީ 2026

19 ފެބުރުވަރީ 2026
ހޯދާ