އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ނެގުމާއި ގުޅޭ

 

                                                                                        

ނަމްބަރު:354/354/2026/11(IUL)  

އިޢުލާނު

1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ނެގުމާއި ގުޅޭ

       1447 ވަނަ ފިޠުރު ޒަކާތުގެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ  މޯލްޑިވްސް ޒަކާތު ހައުސްގެ ބެލުމުގެ ދަށުންކަމުގައި ވާތީ މި ކައުންސިލުން ޒަކާތުގެ ފައިސާ ބަލައި ނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން މި އަހަރު ފިޠުރު ޒަކާތު ފައިސާ ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފަރ ނުކުރެއްވުމަށް ދަންނަވަމެވެ. އަދި ފިޠުރު ޒަކާތުގެ ނަގުދު ފައިސާވެސް މި ކައުންސިލުން ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

      

       އަދި ދަންނަވަމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ އޮންލައިން ޕޯޓަލްތަކުން ފިޠުރު ޒަކާތް ދެއްކުމުގައި އެހީތެރިކަން ބޭނުންފުޅުވާ ފަރާތްތަކަށް ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ އެހީތެރިކަން 05 ރަމަޟާން 1447ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ހެންދުނު 10:00 އިން 12:00ގެ ނިޔަލަށް (ހުކުރު ހޮނިހިރު ފިޔަވައި) ރަސްމީ ދުވަސްތަކާއި ފަހު ދިހައެއްގެ ދުވަސްތަކު ކައުންސިލް އިދާރައިން އެހީތެރިކަން ލިބެމުން ދާނެކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

19 ފެބްރުވަރީ 2026

2 ރަމަޟަން 1447

 

 

 

19 ފެބުރުވަރީ 2026
ހޯދާ