ދިވެހިރާއްޖެ
މި ކައުންސިލްގެ ނަންބަރު (IUL)305-ME305/305/2026/17 (02 ފެބުރުއަރީ 2026) އިޢުލާނާއި ގުޅިގެން ހުށަހަޅާފާވާ އެސްޓިމޭޓް އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.
މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކުރީގެ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާތީ ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
|
# |
މަސައްކަތް |
ކައުންސިލުން ފޯރުކޮށްދޭ ތަކެތީގެ ތަފްޞީލް |
މަސައްކަތަށް ކުރިމަތިލާ ފަރާތުން ހޯދަންޖެހޭ ތަކެތީގެ ތަފްޞީލް |
|
1 |
ފުޓްސަލް ދަނޑުގެ ވަށާ ފެންސް ޖެހުން (336 އަކަފޫޓު) |
ފެންސް ދާ |
92 ހޮޅި |
|
2 |
ފުޓްސަލް ދަނޑުގެ ގްރައުންޑް ލެވެލްކޮށް ކާޕެޓް އެޅުން |
މިހާރު ދަނޑުގައި އަޅާފައިވާ ކާޕެޓް |
- |
|
3 |
ވޮލީ ކޯޓް ސެޓަޕް ހެދުން |
ވޮލީކޯޓް ސެޓަޕްހެދުން |
|
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ފެބުރުއަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރުއްވާ މި އިދާރާގެ މެއިލް [email protected] އަށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ 03 މާރޗް 2026 ވާ އަންގާރަ ދުވަހު މެންދުރު 11:00 ގައި މާކުރަތު ކައުންސިލް އިދާރާގެ މީޓިންގް
ރޫމުގައެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިލާނާއެކު ގެޒެޓުން އަދި ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވާ ނުވަތަ މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
