މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ނަރުދޫ ބައެއް މަގުތަކާއި ގޯޅިތަކުގައި ކޯރުކޮނެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

  1. 1.      މިކައުންސިލުން ދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ށ. ނަރުދޫ މަގުތަކުގައި ކޯރުކޮނެ ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  2. ކޮންނަންޖެހޭ ކޯރުގެ ދިގުމިނަކީ 904 މީޓަރ އެވެ. މިމަސައްކަތް ބޭނުންވާ ކޭބަލް ކައުންސިލްއިން ފޯރުކޮށްދޭނެއެވެ. ކޯރު ކޮންނަންޖެހޭ ސަރަހައްދުތަށް ފާހަގަކުރެވިފައިވާ ރަށުގެ ޗާޓް މިޢިއުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  4. މި ޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 28 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިއިދާރާއަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިއިދާރާގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 03 މާރޗް 2026 ވަނަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް، ރަސްމީ ގަޑީގައި މިއިދާރާއިން ގަންނަން ލިބެންހުންނާނެއެވެ. ބީލަން ޑޮކިއުމަންޓް ސެޓްގެ އަގަކީ -/50 ރ. (ސަތޭކަ ރުފިޔާ) އެވެ. އަދި ބީލަން ޑޮކިއުމެންޓް ސެޓް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
19 ފެބުރުވަރީ 2026
ހޯދާ