ދިވެހިރާއްޖެ
|
ބީލަން ހުށަހެޅުމުގެ ދަޢުވަތު |
މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އިމާރާތުގެ ދޮރުކަނިތާކާއި ދޮރުތައް ހަރު ކުރުމުގެ މަސައްކަތް
01. މި ވުޒާރާގެ ދަށުން ހިގަމުންދާ "ފިޔަވަތި" އިމާރާތުގެ ދޮރުކަނިތާކާއި ދޮރުތައް ހަރު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)459-PL/459/2026/19 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
02. ހަވާލާދެވިފައިވާ އިޢުލާނާއި ގުޅިގެން ބީލަމަށް ރެޖިސްޓަރ ވުމުގެ މުއްދަތު 2026 ފެބުރުވަރީ 22 ވާ އާދިއްތަ ދުވަހުގެ 15:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެހެންކަމުން، ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
eportal.msfd.gov.mv
މަތީގައިވާ ލިންކް މެދުވެރިކޮށް ބިޑަށް ރަޖިސްޓްރީ ކުރުމަށްފަހު ކުރިމަތި ލާން ބޭނުންވާ އިއުލާން ނަންބަރު ނެގުމަށްފަހު ކުންފުނި އަދި މީހާގެ މަޢުލޫމާތު ފުރިހަމަކޮށް ފޯމް ސަބްމިޓް ކުރުމުން ބިޑަށް ރަޖިސްޓްރީ ކުރެވުނީއެވެ. އަދި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
03. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
04. އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
05. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
06. ބީލަމާ ގުޅޭގޮތުން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2026 ފެބުރުވަރީ 22 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މި މިނިސްޓްރީގައެވެ.
07. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ފެބުރުވަރީ 26ވާ ބުރާސްފަތި ދުވަހުގެ 11:00ގައެވެ.
08. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މި ވުޒާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ލޮޓް ނަންބަރ 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ
ފޯން ނަންބަރު: +960 3013017
އީމެއިލް: [email protected]
ކޮޕީ: [email protected]
