ދިވެހިރާއްޖެ
1447ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެހައި އިންތިޒާމުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާތީ، މިއަހަރު މި ކައުންސިލުން ފިޠުރު ޒަކާތް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އެހެންކަމުން، ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތުގެ ފައިސާ ޓްރާންސްފަރ ނުކުރެއްވުމަށާއި، ނަގުދު ފައިސާގެ ގޮތުގައިވެސް ޒަކާތް ބަލައިނުގަންނާނެ ކަމުގައި ދަންނަވަމެވެ.
އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ތިރީގައިވާ މުއައްސަސާތައް މެދުވެރިކޮށެވެ. މީގެ އިތުރުން، ޒަކާތް ދެއްކުމަށް ބޭނުންކުރާނެ ޕޯޓަލްތަކުގެ ލިންކާއި ކިއު.އާރު ކޯޑުތައް މޯލްޑިވްސް ޒަކާތު ހައުސްގެ ވެބްސައިޓް https://zakathouse.gov.mv ގައި ޢާންމުކޮށްފައިވާނެއެވެ.
|
# |
އިދާރާ / މުއައްސަސާ |
ސުން ގަޑިތައް |
|
1 |
ދިވެހިރާޖޭގެ ގުޅުން (ދިރާގު) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރިދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ކައުންސިލްގެ އިދާރާއިން އެ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ޚިދުމަތް ލިބޭނީ 05 ރަމަޟާން 1447 އިން ފެށިގެން 27 ރަމަޟާން 1447 ގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ދުވަސްތަކާއި ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތައް ހިމެނޭހެން، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ އެހީތެރިކަން ލިބެމުންދާނެ ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
