ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން ދަނޑުވެރިކަމާއި ގުޅުންހުރި ވިޔަފާރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން ދަނޑުވެރިކަމާއި ގުޅުންހުރި ވިޔަފާރި ޚިދުމަތްތަކަށް ބިން ކުއްޔަށްދިނުން

                  ކައުންސިލްގެ 4 ވަނަ ދައުރުގެ 86 ވަނަ ޢާމްމު ބައްދަވުމުން ފާސްކޮށްފައިވާ ބިންތައް ކުއްޔަށް ދިނުމުގެ ތާވަލުގެ ދަށުން ކުރީގެ ގޮނޑު އޮތް ހުސްބިމުން   54 640އަކަފޫޓް (ފަންސާސް ހަތަރު ހާސް ހަސަތޭކަ ސާޅީސް) އަކަފޫޓްގެ ބިން ދަނޑުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތަކަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލުމަށް ކުރެވޭ އިޢުލާނެކެވެ.

                   ވީމާ، މިބިމުގައި ދަނޑުވެރިކަމާއި ގުޅުންހުރި ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ،  ނޫނީ އީމެއިލް އެޑްރެސް: [email protected]  މެއިލް މެދުވެރިކޮށް

 އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 05 މާރޗް 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. ނޫނީ އީމެއިލް އެޑްރެސް: [email protected]  މެއިލް މެދުވެރިކޮށް
  •  އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

          17 ފެބުރުވަރީ 2025                                                  

 

17 ފެބުރުވަރީ 2026
ހޯދާ