ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމާގުޅޭ

1447 ވަނަ އަހަރުގެ ރަމާޟާންމަހު ފިޠުރުޒަކާތް ބަލައިގަތުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވަނީ  މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށްކަމުގައި ދަންނަވަމެވެ. ނަމަވެސް އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތްދެއްކުމަށް ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ޚާއްސަކޮށް ، ރަމަޟާންމަހުގެ 5 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ނަޤުދު ފައިސާއިން ޒަކާތްބަލައި ގަތުން "ކައުންސިލް އިދާރާގައި" ގައި ކުރިޔަށްދާނެއެވެ.

 އޮންލައިންކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް ޒަކާތު ހައުސްއިން ކަނޑައަޅައި އާންމުކޮށްފައިވާ އޮންލައިން ޕްލެޓްފޯމްތައް.

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

2

އުރީދު

28 ރަމަޟާން 1447 ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)

28 ރަމަޟާން 1447 ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

އަވަސް އެޕް

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

7

ބަނޑޭރިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯއެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކަށް ބަލައިގެންނެވެ. މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ މިންވަރަށްވާ ފައިސާއިންނެވެ. ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު އެބޭފުޅަކު ދައްކަވަންޖެހޭ އަދަދަށް ފައިސާ ހަމައަށް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ޒަކާތްދެއްކުމުގައި ވަރަށް ގިނަފަހަރު އޮޅިގެން އެއްގެއަކަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް މެދުވެރިވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެގެއަކުން ޒަކާތް ދައްކާފައި ނުވާކަން ޔަގީންކުރައްވައި ޒަކާތް ދެއްކުމަށް ވަޑައިގަތުމަށް ދަންނަވަމެވެ. ފިޠުރު ޒަކާތުގެ ގޮތުގައި އެކިއެކި ގޮވާމުގެ ބާވަތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދުތައް ތިރީގައި އެވަނީއެވެ.

 

 

އާދައިގެ ހަނޑޫ

ތައިލެންޑު ހުދު ހަނޑޫ

ރަތް ހަނޑޫ

އާދައިގެ ފުށް

އާޓާ ފުށް

2.4 ކިލޯ

-/12 ރުފިޔާ

-/53 ރުފިޔާ

-/96 ރުފިޔާ

-/10 ރުފިޔާ

-/75 ރުފިޔާ

 

 

ބާސްމަތީ ހަނޑޫ (އާދައިގެ)

ބާސްމަތީ ހަނޑޫ (މޮޅު)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

2.4 ކިލޯ

-/77 ރުފިޔާ

-/109 ރުފިޔާ

-/136 ރުފިޔާ

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     
17 ފެބުރުވަރީ 2026
ހޯދާ