މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަޔާން
މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 234 ވަނަ ޢާންމު ރަސްމީ ޖަލްސާއާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ސޯޝަލް މީޑިޔާގައި މިއަދު ކުރައްވާފައިވާ ޕޯސްޓާ ގުޅޭގޮތުން ދަންނަވަމެވެ.
ޢާންމު ރަސްމީ ޖަލްސާގެ އެޖެންޑާ އެކުލަވާ، ކައުންސިލަރުންނާ ޙިއްސާކޮށްފައިވާނީ 15 ފެބްރުއަރީ 2026 ވީ އާދިއްތަ ދުވަހުގެ 14:00 ގައެވެ. ޖަލްސާ ތާވަލުކޮށްފައި ވާނީ މިއަދު (17 ފެބުރުވަރީ 2026 ވީ އަންގާރަ) ހެނދުނު 9:30 އަށެވެ. ޖަލްސާގެ ކޯރަމަކީ 10 އެވެ.
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވޭތޯ ގަޑިން 9:47 އާ ހަމައަށް ރިޔާސަތުން ބެއްލެވުމަށްފަހު، ކޯރަމް ހަމަނުވާތީ ޖަލްސާ ނިންމާލިކަން އިޢުލާން ކުރެއްވިއެވެ.
17 ފެބުރުވަރީ 2026
ހޯދާ
