ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447ވަނަ އަހަރު ކުމުންދޫ ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަތުމާ ގުޅޭ

ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިންގެ ބެލުމުގެ ދަށުންކަމުގައި ވުމާއިއެކު މި ކައުންސިލުން ޒަކާތު ފައިސާ  ބަލައި ނުގަންނާނެއެވެ. އެހެންކަމުން މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފަރ ނުކުރެއްވުމަށާއި ނަގުދު ފައިސާ ކައުންސިލަށް ނުގެނައުމަށް އެދި ދަންނަވަމެވެ.

1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައި ގަންނާނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އާއްމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކުމަށް ބޭނުންކުރާނެ ކިއު.އާރް ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް ލިބުމުން މި ކައުންސިލްގެ ފޭސްބުކް ޕޭޖާއި ވައިބަރ ގްރޫޕްގައި ޝާއިޢުކުރެވޭނެއެވެ. އޮންލައިންކޮށް ޒަކާތްދެއްކުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އިދާރާގެ ނަންބަރު 6520034 އަށް ގުޅުއްވުމުން، ނުވަތަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ވަޑައިގަތުމުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްވެސްހާލަތެއްގައި ޒަކާތު ފައިސާގައި ހަވާލުވުން ނޫންކަމުގައި ދަންނަވަމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭގޮތުން އާއްމުކޮށްފައިވާ އިޢުލާން އެއްކަރުދާސްކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

17 ފެބުރުވަރީ 2026
ހޯދާ