މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް : ކޮމްޕިއުޓަރ ޓެކްނީޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

ސިވިލް ސަރވިސް ގްރޭޑް: 10

މަޤާމުގެ ރޭންކް: އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަން: މުޙްޔިއްދީން ސްކޫލު، މާލެ

މަޤާމުގެ ގިންތި: ދާއިމީ

ދާއިރާ: އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠު: ސިވިލް ސަރވިސްގެ ޤަވާއިދުގައިވާގޮތުގެމަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހަސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުސާރައާއި ޢިނާޔަތްތައް

މަޤާމުގެ އަސާސީ މުސާރަ: -/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

ސަރވިސް އެލެވަންސް: -/2000 ރުފިޔާ (ދެހާސް ރުފިޔާ)

އިތުރުގަޑީގެ ފައިސާ: މި މަޤާމުގައ އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1- ކޮމްޕއުޓަރ ނެޓްވޯކް ރަނގަޅަށް ބެލުމާއި، ދިމާވާ އެންމެހައި މައްސަލަތައް ޙައްލުކުރުން.

2- ކޮމްޕިއުޓަރ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

3- ސްކޫލްގެ ސަރވަރއަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ރަނގަޅަށް ބެލެހެއްޓުން.

4- ސްކޫލުގެ ކޮމްޕިއުޓަރާއި، ޕްރިންޓަރާއި، ޕޮޓޯ ކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން.

5- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގެ ސައުންޑް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

6- ސްކޫލުގެ ފަރާތުން ފާހަގަކުރާ ދުވަސްތަކާއި، ޙަފްލާތަކަށް މަޤާމުގެ މަސްއޫލިތަޔަތާ ގުޅެގޮތުން ސްކޫލުން އެދިއްޖެ ކޮންމެ ވަގުތަކު އެއްބާރުލުމާއި އެހީތެރިކަން ދިނުން.

7- ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޙަފްލާގެ ތައްޔާރީތަކާއި، ޖަލްސާގެ އެންމެހައި ކަންތައްތަތް ނިމެންދެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވެ، އެކަމަށް ސްކޫލަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.  

8- ސްކޫލުގައި ކިޔަވައިދިނުމަށް ގެންގުޅޭ ސްމާޓް ބޯޑާއި، ޑޮކްޓަރ ބޯޑް ބެލެހެއްޓުން.

9- ސްކޫލުގެ ވެބްސައިޓް މެއިންޓެއިންކޮށް، ވެބްސައިޓް އަޕްޑޭޓްކުރުމަށް ހަވާލުކޮށްފައިވާ މުވައްޒަފަށް އެހީތެރިވެދީ، ސްކޫލުގެ ވެބްޕޭޖް އަޕްޑޭޓްކުރުން.

10- ސްކޫލުގެ 'ޖެމްސް' އަދި 'ސެޕް' ފަދަ އޮންލައިން ވިއުގަތައް، ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާގެމަތިން ބަލަހައްޓަމުން ދިޔުން.

11- މީގެ އިތުރުން، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން މުޙްޔިއްދީން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

މި ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ އިތުރު ކަންތައްތައް:

- ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށްޓަކައި ބޭއްވޭ އިންޓަވިޔުކުރުން.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 13 ޑިސެންބަރު 2015 އާއި 17 ޑިސެންބަރު 2015 އާ ދެމެދު މުޙްޔިއްދީން ސްކޫލުގައެވެ.

ހުށަހަޅަންޖެހޭ ތަކެތި:    

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.muhyiddinschool.edu.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ. 
  • ތަޖުރިބާގެ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތްތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.          

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ، ސީވީގައި ބަޔާންކޮށްފައިވާ ތަންތާނގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި:

13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މުޙްޔިއްދީން ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3390635 ނަންބަރު ފޯނަށެވެ.

  19 ޞަފަރު 1437

01 ޑިސެންބަރު 2015
ހޯދާ