ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 05 ވަނަ ރަމަޟާން މަދަހަ މުބާރާތާއި ގުޅޭ

ވަށަފަރު ކައުންސިލްގެ  05 ވަނަ ރަމަޟާން މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމުބާރާތުގެ މަޤްޞަދަކީ މިރަށުގެ އެންމެހާ ރައްޔިތުންގެ ހިތުގައި މާތްވެގެންވާ އިސްލާމް ދީނާއިމެދު އޮތް ލޯބި އިތުރުކުރުމާއި، މަދަހައިގެ ޒަރިއްޔާއިން އިސްލާމް ދީނާއި ބެހޭމައުލޫމާތު ހިއްސާކުރުން އަދި ރިވެތިކޮށް މަދަހަކިޔާ ޖީލެއް ބިނާކުރުމެވެ. މިމުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މިކައުންސިލުން ލިބެން ހުންނާނެއެވެ.

މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް:

  • 06 އަހަރުން ދަށް
  • 06 އަހަރާއި 09 އަހަރާއި ދެމެދު
  • 10 އަހަރާއި 13 އަހަރާއި ދެމެދު
  • 14 އަހަރާއި 17 އަހަރާ ދެމެދު
  • 18 އަހަރުން މަތި
  • ގުރޫޕް މަދަހަ

ވީމާ، މުބާރާތުގައި ބައިވެރިލައްވަން އެދޭ ފަރާތްތަކުން ބައިވެރިވާން އެދޭ ފޯމް، 2025 މަރޗް 03 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބ ބައިވެރިވާން އެދޭ ފޯމުގެ ލިންކް މި އިޢުލާނާއި އެކު ހިއްސާކުރެވިފައި ވާނެއެވެ. އަދި ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 13:00 އަށް މިކައުންސިލް އިދާރާގައި ކުރިއަސް ދާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ފެބުރުވަރީ 2026
ހޯދާ