ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް 

ގްރޭޑް:

07

ސްޕައިން ޕޮއިންޓް:

31

މަޤާމުގެ މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  3,793.19ރުފިޔާ

ވަޒީފާގެ ބާވަތް:

ދާއިމީ

 

 

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).

ރަސްމީ ގަޑި:

ހެނދުނު 13:00 އިން 19:00 އަށް

މަގާމުގެ ޝަރުތު:

އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 01 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ލެއްޕުން.
  2. ކޯސްތަކަށް ހުށައެޅޭ ފޯމްތައް ބަލައިގަނެ ޕްރޮސެސްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި އެކަމާއި ގުޅުންހުރި މަސައްކަތް ކުރުން.
  3. އޮރިއެންޓޭޝަންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  4. ދަރިވަރުންގެ ގްރެޖުއޭޝަން ފޯމުތައް ޕްރޮސެސްކޮށް ފޮނުވުން.
  5. ރިސޯސްޓީޗަރުންގެ އެގްރިމެންޓް ހެދުމާއި ރެކޯޑްތައް ބެލެހެއްޓުމާއި އަދި ކިޔަވައިދިނުމާއި ގުޅޭ ކަންކަމުގައި ޓީޗަރުން/ލެކްޗަރާއިންނަށް އެހީތެރިވުން.
  6. އެކަޑެމިކް ހަރަކާތްތަކަށް ބޭނުންވާ ފޮޓޯކޮޕީ ހެދުމާއި ޗާޕްކުރުމުގެ މަސައްކަތްކޮށް ކުރުން.
  7. ފެކަލްޓީތަކަށް ފޮނުވާ ޓީޗަރުންގެ ޕޭޝީޓް ބަޖެޓް ސެކްޝަނާއި ގުޅިގެން ތައްޔާރުކޮށް ފޮނުވުމާއި ވިލަރެސް ކުރުން.
  8. ދަރިވަރުންގެ ރެޖިސްޓްރޭޝަން ހެދުމާއި ދަރިވަރުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި ދަރިވަރުންނާއި ގުޅޭ އެންމެހާ ފޯމްތައް ފެކަލްޓީތަކަށް ފޮނުވުމާއި އެކަމުގެ އިންތިޒާމް ހަމަޖެއްސުން.
  9. ޓީޗަރުންނަށް ބޭނުންވާ ފައިލްތައް ތައްޔާރުކުރުމާއި އެގްރީމެންޓް ތައްޔާރުކުރުން.
  10. ކިޔަވައި ދިނުމަށް ބޭނުންވާ އެންމެހައި ތަކެތި ފެކަލްޓީތަކުން ހޯދުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވެދިނުން އަދި ހަމަކުރުން.
  11. ކުދިންނަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
  12. ޓައިމްޓޭބަލް ތައްޔާރުކުރުމާއި ކްލާސްތައް އޯގަނައިޒްކުރުމާއި އިމްތިހާންތަކަށް ކްލާސްތައް އޯގަނައިޒްކުރުން.
  13. ނުރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވަން ޖެހޭ ވަގުތު ތަކުގައި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
  14. އިވެންޓްތައް ކޯރޑިނޭޓް ކުރުމާއި ވިލަރެސް ކުރުން.
  15. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބެލެހެއްޓުން.
  16. ކޯސްތައް ޕްރޮމޯޓް ކުރުމާއި އެންރޯލްމެންޓް އިތުރުކުރުމަށް މަސައްކަތް ކުރުން.
  17. ސްޓުޑެންޓް ބޮޑީސްތަކުގެ ތަކުގެ މަސައްކަތައް އެހީތެރިވުމާއި ވިލަރެސް ކުރުން.
  18. ވަޒީފާއާއި ގުޅޭ ގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

26 ފެބްރުވަރީ 2026 ވާ  ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

ފޯމް ލިންކް: https://tinyurl.com/MNUHR-2026-31 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި

ޕީ.ޑީ.އެފް" ކޮށްފައެވެ. 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
17 ފެބުރުވަރީ 2026
ހޯދާ