ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ފެބްރުއަރީމަހު ބާއްވާ ރައްޔިތުންގެ ބައްދަލުވުން 26 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:30 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ރައްޔިތުންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، ކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކަށް ޖަވާބުދާރީވުންވެސް މި ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާނެއެވެ.
ވީމާ، ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. ރަށުގެ ތަރައްޤީއާއި ކައުންސިލްގެ ހިންގުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް އޮޅުންފިލުއްވުމަށް ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް ދައުވަތު އަރުވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
