ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1447 ރަމަޟާން 01 ވަނަ ދުވަހުން ފެށިގެން ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ. ކައުންސިލުން ނަގުދު ފައިސާއިން އަދި ކައުންސިލްގެ އެކައުންޓަށް ފައިސާ ޓްރާންސްފަރކޮށްގެން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ކަމުގައި ދެންނެވީމެވެ. އެހެންކަމުން ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ.
|
# |
އިދާރާ / މުއައްސަސާ |
ސުންގަޑިތައް |
|
1 |
ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރީދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރި ޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
"ބަނޑޭރި ޕޭ" އާއި "ފަހިޕޭ" މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކުން، ހެނދުނު 09:00 އާއި 13:00 އާއި ދެމެދު 9480088 ނަންބަރަށް ގުޅުއްވައިގެން ޒަކާތް ދެއްކުމުގައި އެހީތެރިކަން ހޯއްދެވުމަށް ދަންނަވަމެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
|
# |
ބާވަތް |
ފައިސާގެ ޢަދަދު |
|
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
77 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
136 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10 ރުފިޔާ |
|
8 |
އާޓާ ފުށް |
75 ރުފިޔާ |
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
