މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

އިޢުލާން

 

1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

 

 

 

 

                       މޯލްޑިވްސް ޒަކާތު ހައުސްގެ ނަންބަރު: 496-B2/CIR/2026/1 (28 ޖަނަވަރީ 2026) ގެ ސާކިއުލަރ އާއި ގުޅޭ ގޮތުން ދަންނަވަމެވެ. 1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުންނެވެ. 1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޝާން 1447 ވަނަ ދުވަހުން ފެށިގެން 27 ރަމަޝާން 1447 ވަނަ ދުވަހުގެ ހެނދުނު 06:00ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. އަދި އޮންލައިން ޕްލެޓް ފޯމްތަކުގެ ކިއު އާރު ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 01 ރަމަޝާން 1447 ވަނަ ދުވަހު ކައުންސިލް ފޭސްބުކް ޕޭޖް އިން ޙިއްސާ ކުރެވިގެންދާނެއެވެ. ވީމާ، މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން އެކަނިކަމުގައި ދެންނެވީމެއެވެ.

 

#

އިދާރާ / މުއައްސަސާ

ޒަކާތް ދެއްކޭނެ ގޮތް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)

އެސް.އެމް.އެސް

2

އުރީދޫ

އެމް ފައިސާ (އެޕްލިކޭޝަން)

އެސް.އެމް.އެސް

3

މޯލްޑިވްސް އިސްލާމިކް ބޭންކް

ފައިސާ މޮބައިލް އެކްސް (އެޕްލިކޭޝަން)

ފައިސާ ނެޓް

4

ބެންކް އޮފް މޯލްޑިވްސް

ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން)

ވެބްސެއިޓް

5

ފަހިޕޭ

ފަހިޕޭ (އެޕްލިކޭޝަން)

ވެބްސެއިޓް

6

އަވަސް އެޕް

އަވަސް އެޕް (އެޕްލިކޭޝަން)

-

7

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރީޕޭ

ވެބްސެއިޓް/ޕޯޓަލް

 

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު

 

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53.00 ރުފިޔާ

3

ރަތް ހަނޑޫ

96.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77.00 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136.00 ރުފިޔާ

7

އާދައިގެ ފުށް

10.00 ރުފިޔާ

8

އާޓާ ފުށް

75.00 ރުފިޔާ

 

ވީމާ، މި ކަން ޢާންމުކޮށް އިޢުލާނު ކުރީމެވެ.

15 ފެބުރުވަރީ 2026
ހޯދާ