ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

 

ވަޒީފާގެ ފުރުސަތު

 

 

 

މަޤާމް:                އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ )ގްރޭޑް 1(

 

ބޭނުންވާ ޢަދަދު:            01 (އެކެއް)

 

މުސާރަ:                 -/6,185 ރުފިޔާ

 

ލިވިންގ އެލަވަންސް:         3,000/- ރުފިޔާ

 

ރިސްކް އެލަވަންސް:          -/1,000 ރުފިޔާ

 

މަސައްކަތް ކުރަންޖެހޭ ތަން:     މާލެ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

 

1-     ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ އެޕޮއިންޓްމަންޓްތަކާއި އަދި ދަތުރުތަކުގެ ޚަބަރުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޮފީހުގެ ވެބްސައިޓަށްލުމަށް ކުރަންޖެހޭ މަސައްކަތްތައް އައިސީޓީ ސެކްޝަނާއި ގުޅިގެން ކުރުން.

 

2-     ޕީޖީ ބިއުރޯއަށް އަންނަ ސިޓީތަކާއި އީ-މެއިލްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން.

 

3-     ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި އެހެނިހެން ބައްދަލްވުންތަކާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަންނަ ދަޢުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.

 

4-     އަހަރީ ރިޕޯޓަށް ބިއުރޯއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

 

5-     ޕީޖީ ބިއުރޯއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.

 

6-     އެކެޑެމީގައި އިސްކޮށް ހުންނަވާ ފަރާތުގެ އިރުޝާދާއެކު އެކަޑެމީގެ ޕްރޮގްރާމްތައް ރާވާ ހިންގުން

 

7-     އެކެޑެމީއިން ތަމްރީން ހިންގަންޖެހޭ ދާއިރާތައް ފާހަގަކޮށް، ތަމްރީނު ފުރުޞަތުތައް ހޯދުމަށް އެހީތެރިވުން

 

8-     އެކެޑެމީގެ ފަރާތުން ކުރިއަށް ގެންދާ ދިރާސީ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން

 

9-     ތަމްރީންތަކަށް ފޮނުވާނެ މުވައްޒަފުން ކަނޑައެޅުމަށް ކުރަންޖެހޭ އެންމެހައި  އިދާރީ މަސައްކަތްކުރުން

 

10-   އޮފީހުގެ މުވައްޒަފުން ބައިވެރިވާ ތަމްރީނުތަކުގެ މަޢުލޫމާތާއި، އެ ތަމްރީނުތަކުން ލިބޭ މެޓީރިއަލް އެހެން މުވައްޒަފުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުން

 

11-   އެކެޑެމީގެ ވެބްސައިޓްއާއި ލެތުން ވެބްސައިޓްއާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުމާއި، ވެބްސައިޓްތައް އަދާހަމަކުރެވޭކަން ކަށަވަރުކުރުން

 

12-   އެކެޑެމީގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން

 

13-   އެކެޑެމީގެ އަހަރީ ރިޕޯޓް އަދި އަހަރީ ހިސާބު އެކުލަވާލުން

 

14-   އެކެޑެމީގެ އިދާރީ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން

 

15-   މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

 

 

ފެންވަރު ނުވަތަ ޝަރުޠު:

 

1. ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

 

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 

 

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

 

 

 

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން  24 ފެބްރުއަރީ 2026 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

 

ލިންކް: https://online.pgo.mv/applications/jobs

 

ނޯޓް: 1. މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

2. މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 ފެބްރުއަރީ 2026 – 25 މާރިޗް 2026 ވަނަ ދުވަހު މާލޭގައެވެ.

 

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

 

1-     ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

2-     މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

3-     ވަނަވަރު

 

4-     ދރއ. ކާޑުގެ ކޮޕީ

 

5-     ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

 

 

27 ޝަޢުބާން 1447

 

15 ފެބްރުއަރީ 2026

 

 

15 ފެބުރުވަރީ 2026
ހޯދާ