ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުގެ ލޯންޗްގައި ބޭނުންކުރި އައުޓްބޯޑު އިންޖީނު (ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރުގެ އިންޖީނު ) ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއްޖެއެވެ.
1- ޔަމަހާ އައުޓްބޯޑް 250 ހޯސްޕަވަރ އިންޖީނުގެ ނީލަން ފެށޭ އަގަކީ 77/79937ރ (ހަތްދިހަ ނުވަހާސް ނުވަސަތޭކަ ތިރީސްހަތްރުފިޔާ/ ހަތްދިހަ ހަތްލާރި ) އެވެ. މިނީލަމުގައި އެންމެކުޑަކޮށް އިތުރުކުރެވޭނެ ޢަދަދަކީ ފަހަރަކު މަދުވެގެން -/5000ރ (ފަސް ހާސްރުފިޔާ) އެވެ.
ވީމާ، އިންޖިނު ގަންނަން ބޭނުންވާ ފަރާތްތަކުން "ސިޓީން އަގުހުށަހަޅާ ފޯމް" ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނީލަމުގައި ބައިވެރިވުމަށް "ސިޓީން އަގުހުށަހަޅާ ފޯމް" ހުށަހަޅުއްވާނީ 2026 ފެބުރުއަރީ 22 ވަނަ ދުވަހުގެ 00:09 ން ފެށިގެންނެވެ. މިފޯމު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. މިކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ 13:00 ގައި މިއޮފީހުގެ ނޯޓިސް ބޯޑާއި އަދި މިކައުންސިލްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. "ސިޓީން އަގުހުށަހަޅާ ފޯމް" މިއިދާރާގެ ކައުންޓަރުންނާއި އަދި ވެބްސައިޓުން ލިބެންހުންނާނެއެވެ.
މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަންނިމޭތާ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ނިންމަންވާނެއެވެ. އިންޖީނު ދޫކުރެވޭނީ ފައިސާ ދައްކާ ނިމުމުންނެވެ.
އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އާއި 12:00 އާ ދެމެދު ހދ.ސްޓޭޓް ހައުސްއަށް ވަޑައިގަތުމުން އިންޖީނު ބެލުމުގެ އިންތިޒާމު ހަމަޖެހިފައިވާނޭ ކަމުގައިވެސް ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9771199 ނަންބަރާއިއެވެ.
