މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ކެންދޫ އ.ތ.މ ކޮމިޓީން އިންތިޒާމު ކުރާ 1 ވަނަ މަދަޙަ މުބާރާތް 1447:

ބ.ކެންދޫ އ.ތ.މ ކޮމިޓީގެ 1 ވަނަ މަދަޙަ މުބާރާތް އަންނަ ރަމަޟާން މަހުގެ 17 ވާ ހުކުރު ދުވަހު (06 މަރިޗު 2026) ގައި ފެށުމަށް ވަނީ ހަމަ ޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށްއެދި ހުށަހަޅަންޖެހޭ ފޯމް އަދި ހުށަހަޅެންޖެހޭ ލިޔެކިޔުންތަށް ފުރިހަމަކުރެއްވުމަށްފަހު 26 ފެބްރުއަރީ 2026 ވަ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަވެސް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެންދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވެސް ހުންނާނެއެވެ.

ވީމާ، މިކަން ޢައްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

12 ފެބުރުވަރީ 2026
ހޯދާ