މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޤުރުއާން ކުލާސްތައް ހިންގުން ވަގުތީ ގޮތުން މެދުކަނޑާލުމާއި ގުޅޭ:
މިކައުންސިލުން ހިންގަމުން ގެންދާ ޤުރުއާން ކުލާސްތައް 08 ފެބުރުވަރީ 2026 ން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލެވިފައިވާ ވާހަކަ ދެންނެވީމެވެ. ޤުރުއާން ކުލާސްތައް ވަގުތީ ގޮތުން މެދުކަނޑާލެވިފައިވަނީ ޤުރުއާން ކިޔަވައި ދިނުމަށް ގެނެވިފައިވާ ބިދޭސީ ޓީޗަރުގެ ކޮންޓްރެކްޓް 08 ފެބުރުވަރީ 2026 އަށް ހަމަވެފައިވާތީ އާއި އަދި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް މިރަށުގައި އުފެއްދުމުގެ މަސައްކަތް ކުރެވެމުންދާތީ ކަމުގައި ޚިދުމަތް ހޯދަމުން ގެންދާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
09 ފެބުރުވަރީ 2026
ހޯދާ
