މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައިބްރަރީ ފޮތް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ލައިބްރަރީ ފޮތް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

    ލައިބްރަރީއަށް ބޭނުންވާ ފޮތް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ފޮތްތަކުގެ ތަފްސީލް ލިސްޓް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައިވާނެއެވެ.

    ވީމާ، ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން

  •   މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2025 ފެބްރުއަރީ 17 ވާ އަންގާރަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.

މައުލޫމާތު

  • މަޢުލޫމާތު ޝީޓު މިއިޢުލާނާއި އެކު އެއްހީރަސް ކުރެވިފައިވާނެއެވެ.

އަގު ހުށަހެޅުނ

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ފެބްރުއަރީ 24 ވާ އަންގާރަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް  ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް؛([email protected]) އަށް މެއިލް ކުރައްވަންވާނެއެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

ޕޮއިންޓް ދޭނެ އުސޫލު

  • ހުށަހަޅާ އަގު   % 90
  • ހުށަހަޅާ މުއްދަތު % 10

އިތުރު މައުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

12 ފެބުރުވަރީ 2026
ހޯދާ