މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސުކޫލްހިންގާ އިމާރާތުގެ މަރާމާތު މަސައްކަތްކުރުމާއިގުޅޭ

(IUL)276/276/2026/8ނަމްބަރ

އިޢުލާން

 ޕްރީސުކޫލްހިންގާ އިމާރާތުގެ މަރާމާތު މަސައްކަތްކުރުމާއިގުޅޭ

         މި އިދާރާގެ ނަންބަރު (IUL)276/276/2026/2 (18 ޖަނަވަރީ 2026) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ އިޢުލާނު ބާތިލުކޮށް، އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް،ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 17 ފެބުރުވަރީ 2026ގެ 12:00 ކުރިން ބީލަމުގައި ރަޖިސްޓްރީވެ ތިރީގައި މިދަންނަވާ ގަޑިއަށް މި އިދާރާއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަމުގެ މައުލޫމާތު ކަރުދާސް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް 19 ފެބުރުވަރީ 2026 ގެ 14:00 ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.

#

 

ތަން

ތާރީހް

ގަޑި

1

ބީލަމުގައި ރަޖިސްޓްރީވުމަށް

 

ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ލިންކް: https://forms.gle/otnL2nGhCQhRJREb8

12 ފެބުރުވަރީ 2026 ފެށިގެން 17 ފެބުރުވަރީ 2026

12:00

2

ބީލަމުގެ މައުލޫމާތު ސެޝަން

ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް

22 ފެބުރުވަރީ 2026

10:00

3

ބީލަމުގެ މައުލޫމާތު ކަރުދާސް ފޮނުވުން

ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތޫ ކަރުދާސް އީމެއިލް މެދުވެރިކޮށް ފޮނުވާދެވޭނެއެވެ.

19 ފެބުރުވަރީ 2026

14:00 ކުރިން

4

ބީލަން ހުށަހެޅުން

ށ.ބިލެތްފަހި ކައުންސިލް އިދާރާގެ މީޓިން ރޫމް

02 މާރިޗު 2026

10:00

 

   މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.

   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2026
ހޯދާ