ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. ރަތަފަންދޫ މަސްޖިދުލް ރަޙުމާނުގައި ނެވިލޯން/ ވިނީލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

ގދ. ރަތަފަންދޫ މަސްޖިދުލް ރަޙުމާނުގައި ނެވިލޯން/ ވިނީލް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މިއިދާރާއިން ދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް ގދ. ރަތަފަންދޫ މަސްޖިދުލް ރަޙުމާނުގައި ނެވިލޯން/ވިނީލް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނުނު ނަމްބަރު19/2014  (އަމިއްލަފަރުދުންގެ ވިޔަފާރީގެ ޤާނޫނު ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

ވިމާ މި ކައުންސިލުންދޭ މަސައްކަތުގެ ސްޕެސިފިކޭޝަނާއި އެއްގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ބީލަން ހުށަހެޅުމަށް ދަންނަވެމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މިބީލަމާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާސް އަދި ބިޑްފޮތް ރަޖިސްޓްރީކޮށް އަދި ފައިސާ ދައްކާފައިވާ ފަރާތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޮނުވޭނެވާހަކަ ދެންނެވީމެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވުއެދޭ ގޫގުލް ފޯމް ފުރިހަމަކޮށް ރަޖިސްޓްރީވުމަށް ދެންނެވީމެއެވެ.

  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ގޫގަލްލިންކް: https://forms.office.com/r/4bvTKi8kPK
  • ރެޖިސްޓްރޭޝަން ފީ ޖަމާކުރުމަށްފަހު ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  • މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.

ބިޑް ރަޖިސްޓްރީ ފީ

ބީލަމުގައި ރަޖިސްޓްރީވުމަށް 250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ނަން- ރީފަންޑަބަލް ފީއެއް ނެގޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ރަޖިސްޓްރޭޝަން ފީ ދައްކަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓަށް ފައިސާ ޖަމާކޮށް، ފައިސާ ޖަމާކުރިކަމުގެ ސްލިޕް  ވައިބަރ  ކުރެއްވުން އެދެމެވެ. ޓްރާންސްފަރ ސްލިޕް ރިމާރކްސް ގައި ކުންފުނީގެ ނަން އަދި މަސައްކަތުގެ ނަން ލިޔަންވާނެއެވެ.

v     އެކައުންޓް ނަން: 1471 ރެވެނިއު 1

v     އެކައުންޓް ނަންބަރ: 7710 700301 001

v     ވައިބަރ ނަންބަރު: 7430889، 7633734

މަޢުލޫމާތު ސާފުކުރުން

  • މަޢުލޫމާތު ސާފުކުރުމަށް ފިރީބިޑް މީޓިން އޮންނާނީ 22 ފެބްރުއަރީ 2026 ވާ (އާދިއްތަ) ދުވަހުގެ (ހެނދުނު) 10:00 ގައި  ކައުންސިލް އިދާރާގައެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ.  

ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 03 މާޗް 2026 (އަންގާރަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 03 މާޗް 2026 (އަންގާރަ) ދުވަހުގެ 10:05ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.

 

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށައަޅާ ބީލަންތަކާއި ގަޑިޖެހުމަށްފަހު ހުށައަޅާ ބިލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެކައްވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6840016 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected]  އަށެވެ.

11 ފެބުރުވަރީ 2026
ހޯދާ