ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އިންސްޓްރަކްޝަނަލް ޑިޒައިނަރ

މަޤާމު:

އިންސްޓްރަކްޝަނަލް ޑިޒައިނަރ

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އެޑިއުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް

މަޤާމުގެ ރޭންކް:

8

ހަރުފަތް:

1

އަސާސީ މުސާރަ:

މަހަކު  17,808 ރުފިޔާ

ޖޮބް އެލަވަންސް:

މަހަކު  8,311 ރުފިޔާ

ހާޒިރީ އިނާޔަތް:

225 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

ވަޒީފާގެ ބާވަތް:

ދާއިމީ

އިނާޔަޔްތައް:

  • ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް ޑިވެލޮޕްމަންޓް އަދި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ފުރުޞަތުތައް
  • ސްޓާފް ޖިމް ފެސިލިޓީ
  • ސްޓާފް އެސިސްޓަންސް ޕްރޮގްރާމްތައް
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކުރުމަށްފަހު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާތައް/ ޑިސިޕްލިންތައް:

މަޤާމުގެ މަސައްކަތުގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން،  ރިސަރޗް

ގުޅޭ ވަޒީފާގެ ދާއިރާތައް: ހަޔަރ އެޑިއުކޭޝަން، އެޑިއުކޭޝަން، ރިސަރޗް، އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގް

ތަޢުލީމީ ރޮނގުތައް: އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގ

ޕްރިފަރޑް ޑިސިޕްލިންތައް: އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގ

ކޯ ޑިސިޕްލިންތައް: އިންސްޓަރަކްޗަރަލް ޓެކްނޮލޮޖީ، އިންސްޓަރަކްޗަރަލް ޑިޒައިން، އީ- ލާރނިންގް އެންޑް ޓެކްނޮލޮޖީ އެނޭބަލްޑް ލާރނިންގ

 

މަޤާމުގެ މަސްއޫލިއްޔަތު:

ކިޔަވާދިނުމާ ގުޅޭ މަސައްކަތް

  1. ޔުނިވަރސިޓީ އިން ހިންގާ ކޯސްތަކާއި ވޯކްޝޮޕުތަކާއި ޕްރެކްޓިކަލްތަކުގެ ގަޑިތައް ހަވާލުކުރެވޭ ވޯކުލޯޑާއި ޑެލިވަރީ މޯޑާ އެއްގޮތަށް ނެގުން.
  2. ސެމިސްޓާރ ފެށުމުގެ ކުރިން އެމީހަކު ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތަކާއި އެސެސްމަންޓްތަކާއި ޓިއުޓޯރިއަލްތައް ލަރނިން މެނޭޖްމަންޓް ސިސްޓަމް އަށް އަޕްލޯޑްކުރުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. ކިޔަވައިދޭ މާއްދާތަކުގެ ސެޝަން ޕްލޭން ހެދުމާއި މެޓީރިއަލްތައް ތައްޔާރުކުރުމާއި އެއްތަންކުރުމާއި ފަހުގެ ބަދަލުތަކާ އެއްގޮތަށް އަދާހަމަކޮށް ސެމެސްޓަރ ނިމުމުން ޑިޕާރޓްމަންޓް ހިންގުމާއި ހަވާލުވެހުރި ފަރާތަކާއި ހަވާލުކުރުން.
  4. ޒަމާނަށް އެކަށޭނެ އުގަންނައިދިނުމުގެ ގޮތްތައް ބޭނުންކުރުމާއި، ދަރިވަރުން ބައިވެރިކޮށްގެން ކިޔަވައިދިނުން.
  5. މުޤައްރަރާއި، ކޯހުގެ ​​ކޮންޓެންޓާއި، ކޯހުގެ މެޓީރިއަލް އަދި ކިޔަވައިދިނުމުގެ އުސޫލުތައް ރާވައި، އިވެލުއޭޓްކޮށް، އިސްލާހުކުރުމުގައި އިސްނަގާކުރުން.
  6. ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓްތައް ތައްޔާރުކޮށް ރިވިއުކޮށް، ޔުނިވަރސިޓީން / ފެކަލްޓީއިން ކަނޑައަޅާ ތާރީހުގެ ކުރިން ނިންމުން.
  7. ހަވާލުކުރެވޭ އިމްތިހާނު ކަރުދާސްތަކާއި އެސެސްމެންޓްތައް ދެވިފައިވާ މުއްދަތުގައި މާކުކުރުމާއި މާކްސް މޮޑެރޭޓުކުރުމުގައި ބައިވެރިވުން އަދި ކަނޑައެޅިފައިވާ  ސުންގަޑިއަށް ދަރިވަރުންނަށް ފީޑުބެކް ދިނުން.

 

އީ.ލާރނިންގް ކޯސްފަރުމާކުރުމުގެ މަސައްކަތް

  1. ލާރނިންގ އިންސްޓްރަކްޝަނަލް ޑިޒައިން ތިއަރީތަކާއި، ޕްރެކްޓިސްތަކާއި، އުނގެނުން އުފެއްދުމަށް ބޭނުންކުރާ ގޮތްތަކުގެ އަލީގައި އެމުވައްޒަފަކަށް ހަވާލުކުރެވޭ މާއްދާތައް ސުޓޫޑަންޑް ސެންޓާރޑް ލާރނިނގް ގެ އުޞޫލްތަކާއި އެއްގޮތަށް ތަރައްޤީކުރުން.
  2. ވަކިވަކި ދަރިވަރުންގެ ތަފާތު ބޭނުންތަކަށް ރިއާޔަތްކޮށް އުގެނުމުގައި ބޭނުންކުރެވިދާނޭ ވަޞީލަތްތައް ކަނޑައެޅުމުގައި އެހީތެރިވެދިނުން.
  3. ފެކަލްޓީ ތަކުގައި މުރާޖާ ނުކުރާތާ ގިނަދުވަސްވެފައިވާ ކޯސްތައް، ޒަމާނީ އުސޫލްތަކަށް ބަދަލުކުރުމަށާއި، ދަރިވަރުން ބައިވެރިކޮށްގެން އުގަންނައި ދިނުމުގެ ގޮތްތަކަށް ބަދަލު ކުރުމުގައި އެހީތެރިވެދިނުން
  4. ޔުނިވަރސިޓީގައި ބޭނުންކުރާ އެލް.އެމް.އެސްގައި އުގެނުމަށާއި އުގަންނައިދިނުމަށް އެކަށޭނަ ފީޗާރސްތައް އަދި ބައިތައް ހިމެނިފައިވާކަން ކަށަވަރުކުރުން
  5. އެލްއެމްއެސްގައި ކޯހުގެ ​​ކޮންޓެންޓް އަޕްލޯޑްކޮށް ބެލެހެއްޓުމަށް ފެކަލްޓީތަކަށް އެހީތެރިވުން
  6. އެލްއެމްއެސްގައި ހިމެނުމަށް ބޭނުނަވާ ވީޑިއޯ، ސިމިއުލޭޝަން، ރޯލް ޕްލޭ ފަދަ ތަކެތި އުފެއްދުމުގައި ފެކަލްޓީތަކަށް އެހީތެރިވެދިނުން
  7. އުގެނުމާއި އުގަންނައިދިނުމުގައި ފެންވަރު ބެލުމުގައި ބޭނުންކުރެވޭ ތަފާތު މިންގަނޑުތަކާއި ޓޫލްސްތަކާއި ގޮތްތައް ކަނޑައެޅުމުގައި ފެކަލްޓީތަކަށް އެހީތެރިކަން ދިނުން
  8. އެލްއެމްއެސް ބޭނުންކުރުން މޮނިޓަރކޮށް، އެސެސްކޮށް، އިވެލުއޭޓްކޮށް، އެލްއެމްއެސް ތަންފީޒުކުރުމުގައި ހުރި އުނިކަންކަން އަދި ހުރަސްތަށް ނައްތާލުމުގައި އެހީތެރިވެދިނުން

 

ރިސަރޗް މަސައްކަތް

  1. ދާއިރާ އާ ގުޅޭ ޤައުމާއި މުޖުތަމައަށް ބޭނުންވާ ޤައުމީ އަދި ބައިނަލް އަޤްވާމީ ދިރާސާތައް ޢަމަލީ ގޮތުން ކުރުން.
  2. ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޔުނިވަރސިޓީ އިން ކަނޑައަޅާ ފެންވަރެއްގައި ޝާއިޢުކުރުން.
  3. މަސައްކަތާއި ގުޅޭ ދާއިރާއިން ދިރާސާތައް ކުރުމާއި، ޕްރޮފެޝަނަލް ޖާނަލްތަކާއި، ފޮތްތަކާއި، ނުވަތަ އިލެކްޓްރޯނިކް މީޑިއާތަކުގައި ހޯދުންތައް ޝާއިޢުކުރުން.

އިދާރީ އަދި އެހެނިހެންމަސައްކަތް

  1. ކިޔަވައިދޭ މާއްދާތަކުގެ ދަރިވަރުންގެ ހާޒިރީގެ ރެކޯޑްތަކާއި، ގްރޭޑްތަކާއި، އަދި އެހެނިހެން މަޢުލޫމާތުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ހަވާލުކުރެވޭ މާއްދާތަކުގެ މާކުސް ޝީޓުތައް ތައްޔާރުކޮށް މާކުސްތައް ސެލްފް ސާރވިސްއަށް އެޅުން.
  3. ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ މަސައްކަތްކުރުމާއި ދަރިވަރުންގެ ކިޔެވުމާ ގުޅޭ ސެލްފް ސަރވިސް އަދި ލަރނިން މެނޭޖްމަންޓް ސިސްޓަމްގެ މަސައްކަތްތައް ކުރުން.
  4. ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެހެން ފެކަލްޓީތަކުގެ ގުޅުންހުރި މުވައްޒަފުންނާއި ޤަވާއިދުން މުޢާމަލާތުކުރުމާއި ކުރެވޭ ސުވާލުތަކަށް ގަވާއިދުން ޖަވާބުދިނުމާއި ކިޔެވުމާގުޅޭ ކަންކަމުގައި މަޝްވަރާކުރުމަށް ވަގުތުދިނުން.
  5. ޔުނިވަރސިޓީ، ފެކަލްޓީ އަދި ޑިޕާޓްމަންޓްގެ އެކިއެކި ކޮމިޓީތަކުގައާއި އެހެނިހެން ބައްދަލުވުންތަކުގައި އިސްނަގައި ބައިވެރިވުމާއި ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމަކުރުން.
  6. ކިޔަވައިދިނުމާއި ހަވާލުކުރެވޭ ކޯސް ޑިޒައިން މަސައްކަތްތަކުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީއާ ގުޅުންހުރި ފަންނީ އަދި އިޖުތިމާއީ ޙަރަކާތްތަކުގައި ބައިވެރިވުން.
  7. ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން އެކުވެރި ކަމާއި އެކު މަސައްކަތްކުރުން.
  8. "ކޯޑް އޮފް ކޮންޑަކްޓް"  އާއި އެއްގޮތަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.

 

* މި ބައިގައި މިވަނީ މި މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތެވެ. މި ވަޒީފާ އަށް ހޮވޭ ފަރާތަށް ވަޒީފާ ހަވާލުކުރާއިރު ފުރިހަމަ ވަޒީފާ ބަޔާނެއްގައި ސޮއިކުރެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)

* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލް އަކަށް ބަދަލުކޮށްފައެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އެސަސްމަންޓް ހަދައިގެން.
  • ގާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

އަސާސީ ޝަރުޠު ހަމަވުމުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

-

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް – ޕްރެޒެންޓޭޝަން / ޕްރެކްޓިކަލް

15

އިންޓަރވިއު

50

 

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ، މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމެންޓް އަށް ޝޯޓްލިސްޓުކުރެވޭ ފަރާތްތަކުގެ ތެރެއިން އެސެސްމަންޓް އިން އެންމެ މަތިން ޕޮއިންޓު ލިބޭ 5 ފަރާތް އިންޓަވިއުއަށް ޝޯޓްލިސްޓުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 22 ފެބްރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

   ފޯމް ލިންކް: https://tinyurl.com/MNUHR-2026-21

 

އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމެންޓް، އޮންނާނީ23 ފެބްރުވަރީ 2026 އާ 22 މާރިޗު 2026 އާ ދެމެދުއެވެ. އިންޓަވިއު އަދި އެސެސްމެންޓް އޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓު (R2 ޝީޓު އާންމުކުރުން)

  • އިއުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން  5 ދުވަހުގެ ތެރޭގައި ސްކްރީނިންގ މަރުހަލާގެ ނަތީޖާ ޝީޓު ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (R2 ޝީޓް) ޔުނިވަރސިޓީގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް އިންޓަރވިއު ކުރެވުނު ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 2 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ޔުނިވަރސިޓީއަށް ހުށަހަޅަންވާނެއެވެ.
  • ސްކްރީނިންގ ޝީޓު އަދި R2 ޝީޓް އާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ފޮނުއްވާނީ ޔުނިވަރސިޓީގެ އީ-މެއިލް[email protected]  އަށެވެ.

ސަމާލުކަމަށް:

 

ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަނަވަރުގައި ބަޔާންކޮށްފައިވާ ތަޖްރިބާގެ މުއްދަތު ކަށަވަރުކޮށް ގުނައިދެވޭނީ ހުށަހަޅާފައިވާ ވަޒީފާއަދާކުރާ ކަމުގެ ނުވަތަ ކުރިކަމުގެ ލިޔުމުގައިވާ މުއްދަތުތަކަށް ބިނާކޮށްކަމުން، ހުށަހަޅާ ވަޒީފާއަދާކުރާކަމުގެ ނުވަތަ ކުރިކަމުގެ ލިޔުންތަކުގައި މި މަޢުލޫމާތު ފުރިހަމަ ނުވާނަމަ މުއްދަތު ކަށަވަރު ނުކުރެވޭނެއެވެ.
  • އިޢުލާނުގައި ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔެކިއުންތައް ފޮނުވަންވާނީ އެޕްލިކޭޝަނާއިއެކު އެކީ އެއްފަހަރާއެވެ. 
  • ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ލިޔެކިއުންތައް ފުރިހަމަ ނޫން އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިންޓަވިއުއަށް ހާޒިރު ވުމަށް ޝޯޓްލިސްޓް ކުރެވޭނީ މަގާމަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި ޕްރެޒެންޓޭޝަން މަރުޙަލާ ފުރިހަމަކުރާ ފަރާތްތަކަށެވެ. 
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް އީމެއިލް ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.

 

 

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.
11 ފެބުރުވަރީ 2026
ހޯދާ