ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ސީނިއަރ ބަޖެޓް އޮފިސަރ (ކޮންޓްރެކްޓް) ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ތާރީޚް:

 11 ފެބްރުވަރީ 2026

ނަންބަރު:

(IUL)168-CA/1/2026/15 

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

 ސީނިއަރ ބަޖެޓް އޮފިސަރ (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

ބޭނުންވާ މުއްދަތު:

 24 ޖުލައި 2026 ގެ ނިޔަލަށް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި:

 ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ޝަރުޠު:

 1. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް) ހާސިލް ކޮށްފައިވުން.

ނުވަތަ،

 2. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ބެޗެލަރސް ޑިގްރީ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 3. މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް) ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

 4. އޮފިސަރގެ މަޤާމުގެ ޝަރުތު ހަމަވުމާއެކު އޮފިސަރގެ މަޤާމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގައި 3 އަހަރު ދުވަހު މަސައްކަތްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮމިޝަންގެ އަހަރީ ބަޖެޓް އަދި ކޭޝްފްލޯ ޕްލޭން ތައްޔާރުކުރަންޖެހޭ މުއްދަތުގައި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
  2. ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގައި ހަދަންޖެހޭ ކޮމިޝަންގެ މާލީ ބަޔާން ތައްޔާރުކުރުމާއި އަދި އޮޑިޓާރ ޖެނެރަލްގެ އޮފީހަށް ކޮމިޝަންގެ މާލީބަޔާން ފޮނުވަންޖެހޭ މުއްދަތައް ފޮނުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  3. އޮޑިޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން.
  4. ކޮންމެ މަހަކު 1 ފަހަރު ކޮމިޝަނަށް ހުށަހަޅަންޖެހޭ ބަޖެޓް ރިޕޯރޓް ތައްޔާރުކުރުން.
  5. ކޮމިޝަންގެ ޚަރަދުތައް ކުރުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކުރުމަށް ދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުން
  6. ކޮމިޝަނުގެ މުވައްޒަފުން ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހަމަޖައްސަންޖެހޭ ފައިސާގެ އެންމެހައި ކަންތައް ހަމަޖެއްސުމާއި ދަތުރުތަކަށް ފައިސާ ހަމަޖެއްސުމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސަކަތްތައްކޮށް ޑިރެކްޓަރަށް ލަފާދިނުން.
  7. މާލީޔަތު ޤަވައިދުގައިވާ ގޮތުގެ މަތިން ތިޖޫރި ބެލެހެއްޓުން.
  8. ކޮމިޝަނަށް ލިބޭ ބޭރު ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ކުރާޚަރަދުތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި، ކޮންމެ ދަތުރަކަށްފަހު އެންބުރިއަންނަތާ 3 ދުވަހުގެ ތެރޭގައި ހޯދަންޖެހޭ ޚަރަދު ރިޕޯޓް ހޯދައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، ފައިސާއާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓުން.
  9. ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ކޮމިޝަނަށް ލިބޭ ޕްރޮޖެކްޓްތަކުގެ ފައިސާއާއި އަދި ކޮމިޝަންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ލިބޭ އެކިއެކި ބޭރުގެ އެހީތައް ބަލަހައްޓައި، ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯރޓްތައް ތައްޔާރުކޮށް، އެރިޕޯޓުތައް އެހީދޭ ފަރާތްތަކާ އަދި ކޮމިޝަނާ ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  10. ކޮމިޝަންގެ ބަޖެޓް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ މާލިއްޔަތާއިބެހޭ ޤަވާޢިދާއި އެއްގޮތަށް ބަޖެޓް ބާކީކޮށް، ބެލެހެއްޓުން.
  11. ކޮމިޝަންގެ ޕެޓީކޭޝްއަށް ބޭނުންވާ ފައިސާ ހޯދުން. މިގޮތުން ޕެޓީ ކޭޝްއިން ޚަރަދުކުރެވުނުގޮތުގެ ރިޕޯޓް ތައްޔާރުކޮށް ވައުޗަރ ހަދާ ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  12. ކޮމިޝަނަށް އަންނަ ބިލްތަކަށް ޕޭމެންޓް ވައުޗަރ ތައްޔާރުކޮށް މާލިއްޔާތު ގަވާއިދާއި އެއްގޮތަށް ބިލްތަކަށް ފައިސާދެއްކުން.
  13. ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ކުރީމަހުގެ ޚަރަދު ރިޕޯރޓް ތައްޔާރުކޮށް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  14. ކޮމިޝަންގެ ފަރާތުން ރީއިންބާރސް ކުރަންޖެހޭ ފައިސާގެ މުއާމަލާތުތަކުގެ ރެކޯޑު ބެލެހެއްޓުމާ ޑިޕާޓްމަންޓުގެ ޑިރެކްޓަރގެ ލަފާގެ މަތިން ކުރަންޖެހޭ ކަންތައްތައް ކުރުން.
  15. ކޮމިޝަނުން ކުރާ ދަތުރުތަކުގައި ބައިވެރިންވާން ޖެހިއްޖެ ކޮންމެ ހިނދެއްގައި ދަތުރުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  16. މީގެ އިތުރުންވެސް ކޮމިޝަނުން އަންގާ ވަޒީފާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔުންތައް ބަޔާންކުރާ ޗެކްލިސްޓް ފުރިހަމަކުރަންވާނެއެވެ.)
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް ކޮށްފައިވާ ކޮޕީއެކެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިނުވާ (ލެވެލް ކޮށްފައިނުވާ) ލިޔުންތައް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  
  3. ސެޓްފިކެޓް ލިބިފައި ނުވާނަމަ، ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރު އަދި އީމެއިލް އެޑްރެސް ހިމަނާފައި)
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން. (އިޢުލާނުގެ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ލިޔުމެއް، ވަޒީފާ އަދާކޮށްފައިވާ މުއްދަތު އެނގެން ނެތް  އެއްވެސް ލިޔުމެއް މަޤާމުގެ ޝަރުތު ހަމަކުރުމުގައާއި އިވެލުއޭޝަނުގައި ނުގުނޭނެއެވެ.)  

ސުންގަޑި:

 2026 ފެބްރުވަރީ 22 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން

އެހެނިހެން:

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  3. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މ. ޗަނބޭލީވިލާ (ސްޓާރ ކްލައުޑްސް ބިލްޑިންގ، 12 ވަނަ ފަންގިފިލާ) ގައެވެ.
  4. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ހާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  5. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  6. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެންބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  7. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  8. އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. (https://hrcm.org.mv/dv/downloads/job-application-form)   
  9. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003116 ނުވަތަ 3003114 އަށެވެ.  
  10. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.

ނޯޓް:  މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf)  ފޯމެޓްގައި އެކަނި ކަމުގައި ދެންނެވީމެވެ.އަދި މިގޮތަށް އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދި ފޮނުވާ ޕީ.ޑީ.އެފް (pdf)  ފައިލުގައި އެޕްލިކޭޝަން ފޯމް ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

11 ފެބުރުވަރީ 2026
ހޯދާ