ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެބުރުވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމުގެ ދަޢުވަތު
ފެބުރުވަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމާއި ބެހޭ
ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ކޮންމެ އަހަރަކު 2 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާތީ، މިއަހަރުގެ ފުރަތަމަ ބައްދަލުވުން 15 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ ކަންތައްތައް
- 2025 ވަނަ އަހަރު ކައުންސިލް ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.
- 2025 ވަނަ އަހަރު އ.ތ.މ. ކޮމެޓީ ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.
- 2026 ވަނަ އަހަރު ހިންގުމަށް ރާވާފައިވާ ކަންކަން ރައްޔިތުންނާއި ޙިއްސާކުރުން.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
11 ފެބުރުވަރީ 2026
ހޯދާ
