އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށި ދަރު ފަން ހޮވުން

މިކައުންސިލްގެ 4 ވަނަ ދައުރުގެ 220 ވަނަ އާންމު ބައްދަލުވުމުން ނިންމަވާފައިވަނީ، ވަލުން ފަނާއި ދަރު ހޯދުމުގެ އުޞޫލްގައި ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ވަލަށް ވަނުމަށް އޮތް އޮތުން އުވާލުމަށާއި، ޤާނޫނުތަކާއި ޢުޞޫލްތަކުގެ ދަށުން ވަލަށްވަނުމުގައި މަނާ ކަންތައްތައް މަނާ ކަންތައްތަކުގެ ގޮތުގައި އޮތުމާއިއެކު، ހަފްތާގެ ހުރިހާ ދުވަހެއްގައި ރަށުގެ ރައްޔިތުން ވަލަށްވަދެ ވެއްޓިފައިހުންނަ ކާށި ފަން އަދި ދަރުފަދަ ތަކެތި ހޮވައި ވަލުގެ ބޭނުންކުރުމަށެވެ.

މިގޮތަށް ވަލުގެ ބޭނުންކުރަމުންދާއިރު މިދަންނަވާ ކަންކަން ކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.

1 އޮށިމަޅިލައިގެން ނުވަތަ ރުކަށް އަރައިގެން ރުކުން ފަންވެރުން

2 ރުކަށް އަރައިގެން ކާށި އަދި ކުރުނބާ ފަދަ އެއްވެސް އެއްޗެއް އެޅުން

3 ގަސް ކެނޑުން

4 ރޯދަރު ކޮށުން

5 ރޯފަނާއި ރޯ ދަރު ވަލުން ނެރުން

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންރީމެވެ.

11 ފެބުރުވަރީ 2026
ހޯދާ